އޮބިޗުއަރީ

ކޮމެޑިއަން މާކުން ނައީމް މަރުވެއްޖެ

May 9, 2017
1

ހެއްވާ މަޖާ ޑްރާމާ ތަކާއި ލަވަތައް ކުޅެގެން އާންމުންގެ މެދުގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ލިބުނު މާކުން ނައީމް މަރުވެއްޖެ އެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި ނައީމު ސްރީލަންކާގައި މަރުވީ ހާޓް އެޓޭކެއް ޖެހިގެނެވެ. އުމުރުން 61 އަހަރުގައި އޭނާ މަރުވި އިރު ދިރިއުޅެމުން އައީ ވެސް ސްރީލަންކާގަ އެވެ.

ނައީމުގެ ޑްރަމާތަކާއި ލަވަތަކުގެ ތެރެއިން "އީދޭމީ އީދޭ ދޯ ކައިލާންވާނޭ" ލަވަޔަކީ ވަރަށް މަޝްހޫރުވި އަދި މިހާރުވެސް ހިނގާ ލަވައެކެވެ.