ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަ ކޮށްލަން މަސައްކަތް ކުރުމުގެ ތުހުމަތު ކުރެވި މިދިއަ މަހު ހައްޔަރުކުރި އިބްރާހީމް ހަނީފް ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި ހަނީފު ގޭ ބަންދަށް ބަދަލުކުރީ ހަތަރު ފަހަރަށް ބަންދު އިތުރު ކުރުމަށްފަހު އިއްޔެ އެވެ.
ފަނޑިޔާރު ޝުޖާއު އާއި ހަނީފަކީ ވެސް ގއ. ވިލިނގިއްޔަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ. ހަނީފް ހައްޔަރު ކުރުމާ ގުޅިގެން އެ ރަށުގައި މުޒާހަރާއެއް ވެސް ކުރި އެވެ.