ހަބަރު

ރޯދަ މަހު ފިހާރަތަކާއި ރެސްޓޯރަންޓުތަކުގެ ހިދުމަތުގެ ގަޑި ކަނޑައަޅައިފި

އަންނަ ރޯދަ މަހަށް ފިހާރަތަކާއި ރެސްޓޯރަންޓު ކެފޭތަކުން ހިދުމަތް ދޭ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިރެއިން ފެށިގެން ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ނިޔަލަށް އިމްޕޯޓް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭ އެންމެ ލަސް ގަޑިއަކީ ރޭގަނޑު 11:00 ޖަހާއިރު ކަމަށެވެ.

އަދި މިރޭ އިން ފެށިގެން ރޯދަ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ސައި ހޮޓާ، ރެސްޓޯރަންޓް އަދި ކެންޓީނު ފަދަ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ ފަތިހު 4:30 އާއި މެންދަމު 1:00 އާ ދެމެދުގައި ކަމަށާއި އަދި ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރޭތަކުގައި އެފަދަ ތަންތަނުން ހިދުމަތް ދޭން ޖެހޭނީ އިރުއޮއްސުމާ މެންދަމު 3:00 އާ ދެމެދުގައި ކަމަށެވެ.

މިދިޔަ އަހަރުގެ ރޯދަ މަހުގެ ތެރޭގައި ވެސް ފިހާރަތަކާއި ރެސްޓޯރަންޓު ފަދަ ތަންތަނުން ހިދުމަތް ދިނީ މި ވަގުތުތަކުގަ އެވެ.