ކުރީގެ ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް

އައްޑޫ ސިޓީގެ ހާލަތު މެޑަމް ބައްލަވައިފި

May 18, 2017
1
އެކި ކަންކަމުގައި އެހީއަށް އެދުނު ފަރާތްތަކާ ބައްދަލުކޮށްލެއްވުމަށް މުލިއާގޭގައި މެޑަމް ބޭއްވި ބައްދަލުވުމުގެ ތެރެއިން: އައްޑު އަތޮޅު ހިތަދޫގެ ހާލަތު މެޑަމް މިއަދު ބެއްލެވި -- އަވަސް ފޮޓޯ: އަފްޝީން ނަސީރް
0%
0%
0%

އައްޑޫ ސިޓީގެ ހިތަދޫއަށް ނަގޫ ރޯޅިއެއް އަރައި ލިބުން ގެއްލުންތަކާއި މިވަގުތު ރައްޔިތުންގެ ހާލަތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަަތުމަތު އިބްރާހިމް ބައްލަވައިފި އެވެ.

މުލިޔާ ގޭގެ މީޑިއާ ކޯޑިނޭޓަރު ހަސަން ގައްސާން ވިދާޅުވީ މިއަދު މެންދުރުގެ ވަގުތެއްގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގަށް މެޑަމް ފާތުން ފޯނުން ގުޅުއްވި ކަމަށާއި އަދި އައްޑޫ ސިޓީގެ ހިތަދޫއަށް ރޭ ދިމާވި ހާދިސާއާ ގުޅޭ މައުލޫމާތު އޮޅުންފިލުއްވެވި ކަމަށެވެ. އެގޮތުން ރަށު ރައްޔިތުންގެ ހާލަތާއި، ގެއްލުން ލިބުނު ގެތަކުގެ އަދަދު ސާފުކުރައްވާ އާއްމު ހާލަތަކަށް ގެނައުމަށް މުއައްސަސާތަކުގެ އެއްބާރުލުން ލިބޭ މިންވަރު ސާފު ކުރެއްވި ކަމަށެވެ.

"އައްޑޫގެ ހާލު ރަނގަޅަށް ބައްލަވައި ވެދެވެން ހުރި އެއްބާރުލުންތައް ދެއްވާނެ ކަމުގެ ޔަގީންކަން މެޑަމް ފާތުން ދެއްވި،" ގައްސާން ވިދާޅުވި އެވެ.

ނަގޫރޯޅީގައި ހިތަދޫގެ ގެއަކަށް ގެއްލުންވެފައި - ފޮޓޯ: އައްޑޫ އޮންލައިން

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ހިތަދޫއަށް އެރި ނަގޫ ރޯޅީގައި 10 ގެއެއް ވަނީ ދިރި ނޫޅެވޭ ވަރަށް ހަލާކުވެފަ އެވެ. ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ދދ

ޔާ ﷲ އަޅަމެން ނަގޫ ރޯޅިޔާއި ނަގޫ ނެއް ރޯޅިއާއި ނަގޫފިތިފައި ނަގޫ ބުރިވެފައިވާ ރޯޅި އާއި ނުރައްކާތެރި އެންމެހާ ރޯޅިތަކުން ދެދުނިޔޭގައި އަޅަމެން ސަލާމަތް ކޮށް ދެއްވާށި! ޢާމީން!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345