ދުނިޔެ

ނެދަލޭންޑްސްގެ ރަސްގެފާނު މަތިންދާބޯޓް ދުއްވާތާ 21 އަހަރު

May 19, 2017

ނެދަލޭންޑްގެ ރަަސްގެފާނު ވިލިއަމް އެލެގްޒެންޑާ އެއީ ރަސްގެފާނުކަން މީހުންނަށް ނޭނގޭ ގޮތަށް ނުކުންނަވައި ކޯ ޕައިލެޓެއްގެ ހައިސިއްޔަތުން ކޮމާޝަލްް ވައިގެ ދަތުރުތަކުގައި ބައިވެރިވެވަޑައިގަންނަވާތާ 21 އަހަރު ވެފައިވާ ކަން އޭނާ ހާމަކުރައްވައިފިއެވެ.

ކޯޕައިލެޓެއްގެ ގޮތުގައި އޭނާ މަސައްކަތްކުރައްވަމުން ގެންދެވީ ނެދަލޭންޑްސްގެ އެއާލައިނެއް ކަަމަށްވާ ކޭ އެލް އެމްއާއި އެކުގައެވެ. އެ އެއާލައިނުން ކައިރި މަންޒިލްތަކަށް ދަތުރުކުރާ ކުދި މަތިންދާބޯޓްތަކުގެ ކޯ ޕައިލެޓެއްގެ ގޮތުގައި އޭނާ މަހަކު ދެ ދަތުރުކުރައްވާ ކަމަށް އޭނާއާ ހަވާލާދީ ސްކައި ނިއުސް އިން ބުންޏެވެ.

މަތިންދާބޯޓް ދަތުރުކުގައި މޫސުމާ ބެހޭ މައުލޫމާތު ދެއްވާ ވަގުތު މޫސުމާ ބެހޭ މައުލޫމާތު ދެއްވާ ވަގުތު ރަސްގެފާނުގެ އަޑު ނެދަލޭންޑްސް މީހުންނަށް ފަހަރުގައި ދެނެގަނެވިފައި ވެދާނެއެވެ. ނަމަވެސް ކޯޕައިލެޓެއްގެ ގޮތުގައި އޭނާ އިިންނެވިކަން ދަތުރުވެރިންނަކަށް ނުއެއް އަންގައެވެ.

ރަސްގެފާނު ދުއްވަމުން ގެންދެވި ފޮކާ 70 މަރުކާގެ ކުދި މަތިންދާބޯޓްތައް ދުއްވުންް އެ އެއާލައިނުން މިހާރު ވަނީ ހުއްޓާލާފައެވެ. އެހެންވީމާ ދެން މަތިންދާބޯޓް ދުއްވަން އެދިވަޑައިގަންނަވާ ނަމަ ރަސްގެފާނަށް ޖެހިވަޑައިގަންނަވާނީ ބޯއިން 737 މަރުކާގެ މަތިންްދާބޯޓްތައް ދުއްވަން ދަސްކުރައްވާށެވެ. ނަމަވެސް އޭނާ ވިދާޅުވެފައި ވަނީ ބޮޑެތި ބޯޓްތައް ދުއްވަން ދަސްކުރެއްވުމުގެ ވިސްނުންފުޅެއް ނެތް ކަމަށެވެ.

އެއީ ބޮޑެތި ބޯޓްތައް ދަތުކުރާނީ ރޭވާ ގޮތަށް ކަމަށް ވާއިރު އިމަޖެންސީ ކަމެއް މެދުވެރިވިޔަސް ވަގުތުން ގައުމަށް ވަޑައި ނުގެންނެވޭނެތީ ކަަމަށް އޭނާ ވިދާޅުވެފައި ވެއެވެ.