ހުރިހާ ދިމާލަކުން މިހާރު ފެންނަނީ އޮރެންޖު ކުލަ އެވެ. މުޅި މާލޭގެ އެކި ކަންކަން ކަތިން ވެސް އޮރެންޖު ވެއްޖެ އެވެ. މިއީ ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގުން މިހާރު ކުރިއަށް ގެންދާ "ހާއްސަ ހަރަކާތު" ގެ ކުލަވަރު ތަކެވެ، "އޮރެންޖު" ކުލަ އާއި ދިރާގާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ދެން ކޮން ކަމެއް ހެއްޔެވެ؟
"މިއީ އަޅުގަނޑުމެން ކުރިއަށް ގެންދާ މާކެޓިން ކެމްޕޭނެއް. މީގައި ރަޖިސްޓްރި ކޮށްލައިގެން އިނާމު ތަކެއް ވެސް ލިބޭނެ،" ދިރާގުގެ ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަން މެނޭޖަރު، މުހައްމަދު މިރުޝާން ހަސަން ވިދާޅުވި އެވެ.
ދިރާގުން ކުރިއަށް ގެންދާ މި މާކެޓިން ހަރަކާތުގައި ފެންނަ މަންޒަރުތައް ވަރަށް ތަފާތެވެ. މީގެ ތެރެއިން އެއް ވީޑިއޯގައި ފެންނަނީ ރަސްފަނުގައި އުޅޭ ދެ އޮންޖު "މާއްޔެވެ" އޮރެންޖު ފޮތިގަނޑަކުން ހެދުން އަޅައިގެން އުޅޭ މި ކެރެކްޓާތަކާއެކު ގިނަ ބަޔަކު ސެލްފީ ނަގައި އުޅެ އެވެ. އަދި ވަރަށް ހަމަޖެހިލާފައި ތޮށިގަނޑު މަތީގައި އުޅޭތަން ވެސް ފެނެ އެވެ.
ދިރާގުން "ވަޓްސް ނެކްސްޓް" ގެ ނަމުގައި ކުރިއަށް ގެންދާ މި މާކެޓިން ހަރަކާތުގައި ރަޖިސްޓްރީ ކުރުމުގެ ގިނަ އިނާމުތަކެއް ލިބޭނެ އެވެ. ފޯނު ނަމްބަރު ޖަހާފައި ރަޖިސްޓްރީ ކުރުމަށްފަހު، ހޭޝްޓެކް "ވަޓްސް ނެކްސްޓް ޑޮޓް އެމްވީ" ޝެއާ ކުރުމުން އިނާމުތަކެއް ލިބުމުގެ ފުރުސަތު ބޮޑުވެ އެވެ. މި ހަރަކާތުގައި ލިބޭ އިނާމުތަކުގެ ތެރޭގައި "އައިފޯނު ސެވަން" އަކާއި "އައިޕެޑް ޕްރޯ" އެއްގެ އިތުރުން "ސެމްސަންގް ގެލެކްސީ އެސްއަށެއް" ގެ ފޯނެއްވެސް ހިމެނެ އެވެ.
ތަފާތު ކޮންސެޕްޓް ތަކަށް އާ ހިޔާލުތަކާއެކު މާކެޓިން ކެމްޕޭންތައް އަބަދުވެސް ކުރިއަށް ގެންދާ ދިރާގުގެ މިފަހަރުގެ ކެމްޕޭންވެސް ވަރަށް ތަފާތެވެ. މި ކެމްޕޭންގެ "ހަގީގީ މަންޒަރު" ފެންނާނީ އަދި ފަހުންނެވެ. އެހެންވެ އަދި ބުނެވެން އޮތީ "ދެން ކޮން ކަމެއް؟" މިހެންނެވެ.