ސްރީލަންކާއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގައި 20 އަށް ވުރެ ގިނަ މީހުން މަރުވެ، 50 އަށް ވުރެ ގިނަ މީހުން ގެއްލިއްޖެއެވެ.
ލަންކާ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ ބުނީ އިއްޔެ ހަވީރުން ފެށިގެން ލަންކާގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހެމުންދާ ކަމަށާއި އެގައުމުގެ އުތުރާއި ދެކުނު އަދި މެދުތެރޭގައި ވެސް ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގި ކަމަށެވެ. ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެންމެ ގިނަ މީހުން މަރުވީ ބުލާތުސިންހަލާ ނަމަކް ކިޔާ ސަރަހައްދަލުކުންްނެވެ. އެއީ، ވެރިރަށް ކޮލަމްބޯއާއި 65 ކިލޯ މީޓަރު ދުރުގަައިވާ ސަރަހައްދެކެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގަައި ވެރިރަށް ކޮލަމްބޯގެ ދެކުނުގައިވާ ކަލޫޓަރާ ނަމަކަށް ކިޔާ ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަަބުން ބައެއް ގޭގެ ފެނުގެ އަޑިއަށް ގޮސްފައިވާ ކަމަށެވެ.
ވިއްސާރައިގެ ސަބަބުން ލަންކާގެ ބޮޑެތި ގިނަ މަގުތަކެއް ބަންދުވެ، ދަތުރުފަރަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފައެވެ.