ދުނިޔޭގެ އެންމެ މަގްބޫލު ސޯޝަލް ނެޓްވޯކަކަށް ވެފައި ވަނީ ފޭސްބުކެވެ. ކުދި ބޮޑު އެންމެންގެ ވެސް ފޭވަރަޓަކަށް ވެފައި ވަނީ ހަމަ ފޭސްބުކްއެވެ. އެއަކާމެދު ޝައްކެއް ނެތެވެ.
ފޭސްބުކްގެ ކުލަ ނޫ ކުލައަށް ވީ ސަބަބު ބަލަލަމާ ހިންގާށެވެ. ކޮންމެ އަކަސް މި ސަބަބަކީ ވަރަށް ވެސް އާދަޔާހިލާފު ސަބަބެކެވެ. ފޭސްބުކްގެ ބާނީ ކަމުގައިވާ މާކް ޒަކަބާގާއި ނޫ ކުލައާއި އޮތީ ވަރަށް ވެސް ގާތް ގުޅުމެކެވެ. މާކް ޒަކަބާގްވަނީ ޕަބްލިކް ފޯރަމެއްގައި ފޭސްބުކްގެ ކުލަ އިހްތިޔާރު ކުރެވުނު ގޮތް ހިއްސާ ކޮށްފައެވެ.
މާކް ޒަކަބާގްއަކީ ފެއްސާއި ރަތް ކުލައަށް ކަލާ ބްލައިންޑްވާ މީހެކެވެ. އެހެން ކަމުން އޭނާއަށް އެންމެ ރަނގަޅަށް އަދި އެންމެ ފައިން ކޮށް ފެންނަ ކުލައަކަށްވީ ނޫކުލަ އެވެ. މިއާއެކު އޭނާ ފޭސްބުކް އުފެއްދި އިރު ނިންމީ މި ކުލަ ފޭސްބުކްގައި ބޭނުން ކުރުމަށެވެ. މާކް ބުނާ ގޮތުގައި އޭނާގެ މި މައްސަލައަކީ ފޭސްބުކް އެހާ މަޝްހޫރު ވުމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރި ކަމެކެވެ. ސަބަބަކީ ނޫކުލައަކީ ވަރަށް ވެސް އަވަހަށް މީހުންގެ ޝައުގުވެރިކަން ދަމައިގަންނަ ކުލައަކަށް ވާތީއެވެ.
ފެށުނީއްސުރެ މިއަދާ ހަމައަށް އާއިރުވެސް ފޭސްބުކްގެ ކުލައަކަށް އެއްވެސް ބަދަލައެއް ނާދެ އެވެ. އެހެން ނަމަވެސް ފޭސްބުކް އޮޕަރޭޝަނަށް އާއިރު ބޭނުން ކުރި ނަން ކަމުގައިވާ "ދަފޭސްބުކް" ވަނީ މިހާރު ބޭނުން ކުރަމުން އަންނަ ނަން ކަމުގައިވާ ފޭސްބުކްއަށް ބަދަލުވެފަ އެވެ.