ހަބަރު

ތިލަފުށީ ފަރަށް މުދާއުފުލާ ދޯންޏެއް އަރައިފި

May 29, 2017

ކ. ތިލަފުށީ ހުޅަނގު ފަރާތަށް ފަރަށް މުދާ އުފުލާ ދޯންޏެއް އަރައިފި އެވެ.

"ދިރާސާ" ނަމަކަށްކިޔާ 80 ފޫޓްގެ މި ދޯނި ފުންކުރުމަށް މިހާރު ކޯސްޓްގާޑުން އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމެކެވެ.

މުދާ އުފުލާ ދޯނީގައި ދެ ދިވެހިންނާއި ދެ ބިދޭސީން ތިއްބެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ނުލިބެ އެވެ.