ބޮލީވުޑް

"ނޯ އެންޓްރީ" ސީކުއެލް ވެސް ސެލިނާ ބޭނުން

May 31, 2017

ބަތަލާ ސެލީނާ ޖެއިޓްލީ ވަނީ 2005 ވަނަ އަހަރު ނުކުތް ކޮމެޑީ ފިލްމު "ނޯ އެންޓްރީ" އިން ފެނިގެން ގޮސްފަ އެވެ.

ކުރީގެ މިސް އިންޑިއާ އަދި 2001 ވަނަ އަހަރު މިސް ވޯލްޑްގައި ބައިވެރިވެ، ހަތަރު ވަނަ ރަނަރަޕަކަށް ހޮވުނު ސެލީނާ ވަނީ އޭނާގެ ކުރު ފިލްމީ ކެރިއަރުގައި މަޝްހޫރު ތަރިންނާއެކު ފިލްމު ކުޅެފަ އެވެ.

"ނޯ އެންޓްރީ" ސިލްސިލާގެ ދެވަނަ ފިލްމެއް އުފެއްދުމަށް ޕްރޮޑިއުސަރު ބޮނީ ކަޕޫރު މަސައްކަތް ކުރަމުން އަންނައިރު ފުރަތަމަ ފިލްމުގެ މުހިންމު ރޯލަކުން ފެނިގެން ގޮސްފައިވާ ސެލީނާ ވަނީ މީގެ ތިން އަހަރު ކުރިން އޭނާއަށް ދެވަނަ ފިލްމުން ހުށަހެޅުން ލިބުނު ކަމަށް ބުނެފަ އެވެ.

ދެވަނަ ފިލްމު އުފެއްދުން މަޑުޖައްސާލާފައި އޮންނަތާ ދުވަސް ގަނޑެއް ވެފައިވާއިރު، މިހާރު މި ފިލްމުގެ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް ސެލީނާ ބުންޏެވެ.

ސެލިނާ އާއި ފަރްދީން އަދި ސަންޖޭ ސަކްސޭނާ މުހިންމު ރޯލުތަކުން ފެނިގެންދިޔަ "ނޯ އެންޓްރީ" ގައި ސަލްމާން ޚާން އާއި އަނިލް ކަޕޫރު އަދި ލާރާ ދައްތާ އާއި އީޝާ ޑިއޯލްގެ އިތުރުން ބިޕާޝާ ބާސޫ ވެސް ފެނިގެންދެ އެވެ.

"ނޯ އެންޓްރީ" ގެ ލީޑްރޯލުން ފެނިގެންދިޔަ ފަރްދީން ވެސް ފިލްމު ނުކުޅޭތާ އެތަކެއް އަހަރެއް ވަނީ ވެފަ އެވެ. ދެވަނަ ފިލްމު "ނޯ އެންޓްރީ މޭ އެންޓްރީ" ގެ ލީޑްރޯލަކުން ސަލްމާން ފެނިގެންދާނެ ވާހަކަތައްވެސް ދެކެވެ އެވެ.

ސެލީނާގެ ފިލްމީ ކެރިއަރުގެ ފަހުކޮޅު ކުޅުން ގިނަ ފިލްމުތަކެއް ފްލޮޕްވުމަށްފަހު ވަނީ ޕީޓާ ހާޖް އާއި 2011 ވަނަ އަހަރު ކައިިވެނިކޮށްފަ އެވެ. އެ ކައިވެންޏަށް އެއްމާބަނޑު ދެ ކުދިން ލިބިފައިވާއިރު، ސެލީނާ މިހާރު ވެސް އިންނީ އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އެވެ.