ކުޅިވަރު

އާސެނަލްއިން ވެންގާއަށް ދެ އަހަރުގެ އާ އެއްބަސްވުމެއް

May 31, 2017

އާސެނަލްގައި 21 އަހަރު ވަންދެން ކޯޗް ކޮށްދެމުން އައި ފްރާންސްގެ އާސެން ވެންގާއާ އެކު. އިތުރު ދެ އަހަރުގެ އެއްބަސްވުމަކަށް ދާން އާސެނަލް ތައްޔާރު ވެއްޖެ އެވެ.

އާސެނަލްއާއެކު ވެންގާ މިހާރު ހަދާފައިވާ ކޮންޓްރެކްޓް ކުރިއަށް އޮތް ޖޫން މަހު، ނިޔަލަށް ހަމަވާނެ އެވެ. ބީބީސީއިން ބުނީ، އިއްޔަ ބޭއްވި އާސެނަލްގެ އެގްޒެކެޓިވް ބޯޑުން، ވެންގާއަށް، އިތުރު ދެ އަހަރު ދިނުމަށް ނިންމާފައިވާ ކަމަށައި އަދި އެނިންމުން މިއަދު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ.

ވެންގާ ވަނީ، އާސެނަލްގެ ކުލަބުގެ އޯނަރު ސްޓޭން ކްރޯކް އާ އިއްޔަ ބައްދަލު ކޮށް، އާސެނަލްގައި އޭނާގެ ކުރިމަގާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

މި ސީޒަނަކީ 1996 ވަނަ އަހަރު، ވެންގާ އާސެނަލްއާ ހަވާލުވި ފަހުން، އެޓީމަށް ކުރިމަތިވި އެންމެ ނާކިމާިޔާބު ސީޒަނެވެ. 20 އަހަރަށްފަހު، ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލިގުން ފުރުސަތު ގެއްލުނުއިރު، އެ ޓީމުން ލީގް ނިންމާލީ ޗެމްޕިއަން، ޗެލްސީއާ 18 ޕޮއިންޓް ފަހަތުން ތާވަލުގެ ފަސް ވަނައިގަ އެވެ.

ނަމަވެސް، އެ ޓީމުން ވަނީ، ޗެލްސީގެ މައްޗަށް ކާމިޔާބު ހޯދައި، މި ސީޒަންގެ އެފްއޭ ކަޕް ކާމިޔާބު ކޮށްފަ އެވެ. އެފްއޭކަޕް ކާމިޔާބާއެކު، ވެންގާ ވެފައި ވަނީ އެ މުބާރާތުގައި އެންމެ ކާމިޔާބު މެނޭޖަރަށެވެ. އަދި އާސެނަލްއަކީ އެމުބާރަތުގެ އެންމެ ކާމިޔާބު ޓީމުވެސް މެ އެވެ.

ވެންގާގެ ބަދަލުގައި، އާ ކޯޗެއް، ގެނައުމަށް، ގޮވާލަމުންދާ އަޑުތައް، އާސެނަލްގެ ކުރީގެ ކުޅުންތެރިންނާ، ސަޕޮޓަރުންގެ މެދުގައި ވަނީ ފަހަކަށް އައިސް ގަދަ ވެފަ އެވެ.