ބޮލީވުޑް

ސަނީ ލިއޯން ދަތުރުކުރަމުން ދިޔަ ބޯޓު ނުވެެއްޓި ސަލާމަތްވީ ކިރިޔާ

Jun 1, 2017
1

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސަނީ ލިއޯން ދަތުރުކުރަމުން ދިޔަަ އޭނާގެ ޕްރައިވެޓް ބޯޓު ވިއްސާރައިގައި ޖެހި ނުވެއްޓުނީ ކިރިޔާ ކަމަށް ސަނީ ބުނެފި އެވެ.

މަހަރާޝްތަރައިން މުމްބައި އަށް ކުރަމުން އައި ދަތުރުގެ ތެރޭގައި މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ބޯޓު ކޮންޓްރޯލް ނުކުރެވިގެން ގޮސް ނުވެއްޓުނީ ކިރިޔާ ކަމަށް ސަނީ ވަނީ ބުނެފަ އެވެ. ފިރިމީހާ ޑެނިއަލް ވެބާއާ އެކު ދަތުރުކުރަމުން ދަނިކޮށް، ވިއްސާރައިގައި ޖެހި ދަތުރު ކުރިއަށް ގެންދަން އުނދަގޫވެ ބޯޓުގެ ކޮންޓްރޯލް ގެއްލެން އުޅޭހެން ހީވުމުން ޕައިލެޓުން ވަނީ ބޯޓު ވެއްޓިދާނެ ކަމުގެ ބިރަށް ވަގުތުން މަހަރާޝްތުރަ ރަށްފުށު ސަރަހައްދެެއްގައި ޖައްސާފަ އެވެ.

ސަނީ އާއި ފިރިމީހާ ޑެނިއަލް ދެން މުމްބައި އަށް ގޮސްފައިވަނީ ކާރުގައި ކަމަށްވެ އެވެ.

ސަނީ ވަނީ އޭނާ އާއި ފިރިމީހާ ސަލާމަތްކޮށްދިން ކަމަށްޓަކައި ޕައިލެޓުންނަށް ޝުކުރު އަދާކޮށްފަ އެވެ.

"ވައިގެ ތެރޭގައި ދަތުރުކުރަމުން ދަނިކޮށް ޕައިލެޓުން ވެސް ކުއްލިއަކަށް ދުއާކުރަން ފެށުމުން ބިރުގަނެ ކޮންމެވެސް ކަމެއް ގޯސްވިކަން އެނގުނު" ސަނީ ބުނެފައިވެ އެވެ.

ސަނީ އިތުރަށް ވަނީ އެނާ އާއި ޑެނިއަލްގެ އިތުރުން ބޯޓުގައި ތިބި އެހެން އެންމެން ވެސް ތިބީ ވަރަށް ބިރުގެންފައި ކަމަށް އޭނާ އަޕްލޯޑްކުރި ވީޑިއޯއެއްގައި ބުނެފަ އެވެ.

އެންމެފަހުން ސަނީ ފެނިގެން ގޮސްފައިވަނީ މިދިޔަ މަހު ނިކުތް "ނޫރް" ގެ އައިޓަމް ލަވަޔަކުންނާއި ޖެނުއަރީ މަހު ނިކުތް ޝާހްރުކް ޚާންގެ "ރައީސް" ގެ ވެސް އައިޓަމް ލަވަޔަކުންނެވެ.

ކުރީގެ އެޑަލްޓް ތަރި ސަނީ ބޮލީވުޑަށް ތައާރަފުވެފައިވަނީ 2012 ވަނަ އަހަރު ނިކުތް "ޖިސްމު 2" އިންނެވެ. މާ ކާމިޔާބު ފިލްމެއް ނުކުޅެވުނު ނަމަވެސް ސަނީގެ އެކްޓިންގެ ޖާދޫގައި ބެލުންތެރިން ޖައްސައި އޭނާ ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑްގެ ވަރަށް ކުރިއަށް ޖެހިލާފަ އެވެ.