ބޮލީވުޑް

ނުރައްކާތެރި އެކްސިޑެންޓަކުން ޝާހްރުކް ސަލާމަތްވެއްޖެ

Jun 1, 2017

ސުޕަސްޓާ ޝާހްރުކް ޚާން ޑްވާފެއްގެ ރޯލު ކުޅޭ ޑައިރެކްޓަރު އާނަންދް އެލް ރާއީގެ ފިލްމުގެ ޝޫޓިން ފެށިތާ އަދި މިވީ ހަފުތާ އެކެވެ.

މުމްބައީގެ ސްޓޫޑިއޯއެއްގައި ފިލްމުގެ ޝޫޓިން ކުރިއަށް ދަނިކޮށް ފިލްމުގެ ސެޓުގެ ސީލިންގުގެ ބޮޑު ބައެއް ވެއްޓި ޝާހްރުކް ވަނީ އެއްވެސް އަނިޔާއެއް ނުވެ ސަލާމަތްވެފަ އެވެ. ޝާހްރުކަށް އަނިޔާއެއް ނުވި ނަމަވެސް ދެ ކްރޫ މެމްބަރަކަށް އަނިޔާވެ ވަނީ ފަރުވާދީފަ އެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން ޝޫޓިންގައި ބޭނުން ކުރަމުން އައި ހަރުގަނޑަކާއެކު ވަކިން ހާދަފައިވާ ސީލިންގްގެ ބައެއް ވެއްޓުނީ އެވެ. އަނިޔާވި ކްރޫ މެމްބަރުންނަށް ލިބުނީ ވަރަށް ކުދި އަނިޔާތައް ކަމުން ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ވަނީ ދޫކޮށްލާފަ އެވެ.

ޝާހްރުުކަށް އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވީ ސީލިންގްގެ ބައެއް ވެއްޓުނުއިރު އޭނާ ހުރީ ތަންކޮޅެއް ދުރުގައި މަޑުކޮށްގެން ކަމަށް ވާތީ ނޫސްތަކުގައިވެ އެވެ.

ފިލްމުގެ ސެޓުގައި ހިނގި މި ހާދިސާ އަ ގުޅިގެން ޝޫޓިން ވަނީ ދެ ދުވަހަށް މަޑުޖައްސާލާފަ އެވެ. ޝޫޓިން އަލުން ދެން ފަށާނެ ކަމަށް ވަނީ މި ހަފްތާ ފަހުކޮޅު އެވެ.

މި ފިލްމަކީ ޝާހްރުކް އަނަންދްގެ ފިލްމެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. ފިލްމުގެ ޝާހްރުކް ޑްވާފެއްގެ ރޯލު ކުޅޭއިރު، އޭނާ ފިލްމުގައި ފެނިގެންދާ ގޮތުގެ އެއްވެސް ފޮޓޯއެއް ލީކުވިޔަ ނުދިނުމަށްޓަކައި އަނަންދް ވަނީ ސެކިއުރިޓީ ކަންކަން ވަރަށް ވަރުގަދަ ކޮށްފަ އެވެ.

އަދި ނަމެއް ދީފައިނުވާ މި ފިލްމުގައި ޝާހްރުކާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ކެޓްރީނާ ކައިފް އާއި އަނުޝްކާ ޝަރްމާ އެވެ. މި ދެތަރިން ފިލްމާ ގުޅޭނެ ކަމަށްވަނީ ޝާހްރުކް ޑްވާފެއްގެ ގޮތުގައި ނަގާ ގިނަ މަންޒަރުތަކެއް ނަގައި ނިމުމުންނެވެ.

މި ތިން ތަރިން މީގެ ކުރިން ވަނީ އެކުގައި "ޖަބް ތަކް ހޭ ޖާން" އިން ފެނިގެން ގޮސްފަ އެވެ.