ބޮލީވުޑް

ކުރު ހެދުމުގައި ޕްރިޔާންކާ މޯދީއާ ބައްދަލުކުރުމުން ގޯސްވެއްޖެ

Jun 1, 2017
2

ޕްރިޔަންކާ ޗޯޕްޅާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ބޭވޮޗް" ޖަރުމަނުގައި ބާލިންގައި ޕްރޮމޯޓްކުރުމަށް ކުރި ދަތުރުގައި ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ވެސް އެ ގައުމުގައި ބައްދަލުކޮށްފަ އެވެ.

މޯދީއާއެކު ކުރިއަށް ދިޔަ ބައްދަލުވުމަށްފަހު ޕްރިޔަންކާ ވަނީ އެ މަނިކުފާނާ ބާލިންގައި ބައްދަލުވުމަކީ އިއްތިފާގެއް ކަަމަށް ބުނެފަ އެވެ. ޕްރިޔަންކާގެ ރަސްމީ ފޭސްބުކް ޕޭޖަށް މޯދީއާއެކު ކުރިއަށްދިޔަ ބައްދަލުވުމުގެ ފޮޓޯއެއް އާންމުކުރަމުން މޯދީގެ ބުރަ ޝެޑިއުލުން އޭނާއާ ބައްދަލުކުރަން ފުރުސަތެއް ދިނީތީ އެކަމާ ޝުކުރުއަދާކޮށްފައި ވެއެވެ.

މޯދީއާ ބައްދަލުކުރި އިރު ޕްރިޔަންކާ ލައިގެން ހުރީ ކަކުލާ ހަމައަށް ދާ ކުރު ހެދުމެކެވެ. އޭގެ ސަބަބުން އިންޑިއާގެ ގިނަ ރައްޔިތުންނެއް ވަނީ ރަތަށް އަރާފަ އެވެ.

ޕްރިޔަންކާ އަށް ފާޑުކިޔަމުން އަންނަ ގިނަ ފަރާތްތަކަކުން ވަނީ ގައުމުގެ އިސްވެރިޔާ އާ ބައްދަލު ކުރަން ދާއިރު ތޮންކޮޅެއް ނިވާކަން ބޮޑު ހެދުމެއް އެޅިނަމަ ތަންކޮޅެއް ރީތިވީސް ކަމަށެވެ. އަނެއް ބަޔަކު ވަނީ މޯދީގެ ކުރިމަތީގައި ޕްރިޔަންކާ ދެފައި ހާމަކޮށްގެން އިނުމުން އެކަމާ ވެސް ފާޑުކިޔާފަ އެވެ. އަދި މޯދީއާ ބައްދަލުކުރަން ދިޔައިރު ޕްރިޔަންކާ ތަންކޮޅެއް އިންޑިއާ ވަންތަ ހެދުމެއް ލައިގެން ދިޔަނަމަ މާ ރަނގަޅު ވީސް ކަަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.

ޕްރިޔަންކާ ލައިގެން ހުރި ކުރު ހެދުމަކީ މޯދީ އަށް އިހްތިރާމް ނުކުރުން ކަމަށް ގިނަބަޔަކު ބުނަމުން އަންނައިރު، ބޮލީވުޑްގެ ތަރިން ގެންދަނީ ޕްރިޔަންކާގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ.