ހަބަރު

ތިނަދޫއަށް ލިބުނު ގެއްލުންތަކަށް ޑިޒާސްޓާއިން އެހީތެރިވަނީ

Jun 1, 2017

ގދ. ތިނަދޫއަށް ރޭ ކުރި ވިއްސާރައިގައި ވައިގަދވެ، ލިބުނު ގެއްލުންތަކަށް ނެޝަނަލް ޑީޒާސްޓާ މެނޭޖްމަންޓް ސެންޓަރުން އެހީތެރިވާން ފަށައިފި އެވެ. މިއަދުގެ ވަގުތެއްގައި ޑިޒާސްޓާގެ ޓީމެއް ތިނަދޫއަށް ދާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ރޭ ތިނަދޫއަށް ކުރި ވިއްސާރައިގައި ވަރަށް ބޮޑަށް ވައިގަދަވެ، ބައެއް ގޭގެ ފުރާޅު އެއްލާލައި، ބޮޑެތި ގަސްތައް ވަނީ ވެއްޓިފަ އެވެ. ފުރާޅު އެއްލާލުމުގެ ސަބަބުން ބައެއް ގޭތަކުގެ ހިފާ ގެންގުޅޭ ސާމާނަށް ވެސް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެ އެވެ. މީގެ އިތުރުން ބައެއް ގޭގައި ފެން ބޮޑުވި ކަމަށްވެސް ވެ އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އަންނަ ކޮޅިގަނޑުގައި ޖެހޭ ގަދަވައިގައި، ގޭގޭގެ ފުރާޅު އެއްލާލާ، ގަސްތައް މުލުން ލުހި، އޮފިތައް ބިންދައިގެންގޮސް ވެއްޓި، ރަށްރަށަށް މިދުވަސްވަރު ބޮޑެތިގެއްލުންތަކެއް ލިބެމުންދާތީ، އެކަމަށް ރައްޔިތުން ސމާލުވުމަށް ޑިޒާސްޓާ އިން އިލްތިމާސްކުރެ އެވެ. އަދި ރަށު ފެންވަރުގެ ފެންބޮޑުވެދާނެ ފަދަ ހާލަތަކަށް ތައްޔާރުވެ، ގޭގެއަށް ފެންނުވަންނޭ ގޮތަށް، ގޭގޭގެ ކުރިމަތީގައި ވެލިބަސްތާ ޖެއްސުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

މިދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުތައް ވަރަށް ގަދަ އެވެ. އެހެން ކަމުން ކަނޑުމަތީގެ ގިނަ ހާދިސާތަކެއްވެސް ދަނީ ހިނގަމުންނެވެ.