މޫސުން

ވައިކަރަދޫ ދަނޑުތަކަށް ވެސް ބޮޑެތި ގެއްލުން ވެއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ވައިގަދަވުމުގެ ސަބަބުން ހދ. ވައިކަރަދޫއަށް ބޮޑެތި ގެއްލުންތައް ލިބިއްޖެ އެވެ.

ވައިކަރަދޫ ކައުންސިލްގެ ރައީސް އިބްރާހިމް މުހައްމަދު ވިދާޅުވީއެރަށަށް ރޭ ކުރި ވިއްސާރައިގެ ސަބަބުން އެރަށުގެ ދަނޑުތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެގޮތުން ފަންސާހަކަށް ދަނޑު ހަލާކުވެފައިވާ ކަމަށާއި އެގެއްލުންތައް ތިން ލައްކަ ރުފިޔާއަށް ވުރެ މައްޗަށް އަރާ ކަމަށް ވިދާޅުވި އެވެ.

ރޭގެ ވިއްސާރައިގައި ގެއްލުން ލިބުނު ދަޑުތަކުން ފަޅޮލާއި ކެޔޮ ނިރާއި ގަސްތައް ވެއްޓިފައިވާއިރު ޖުމްލަ 160 ގަހަށް ގެއްލުން ވެފައިވެއެވެ.