ރޯދަ މަހާ ރޯއްޖާ

ގޭގައި ބަގެޓް ސޭންޑްވިޗް ހެދޭނެ ފަސޭހަ ގޮތެއް!

ރޯދަ ވީއްލަން ގޭގައި ހެދިކާ ހެދުމުގެ ބަދަލުގައި މި ފަހަރު ރަހަތަފާތު ކޮށްލުމަށް ބަގެޓް ސޭންޑްވިޗެއް ހަދާލަން ކިހިނެތް ވާނެ ހެއްޔެވެ؟ "ރިހަފަތު" ގައި މިއަދު ބުނެދޭން ބޭނުންވާ ޑިޝްއަކީ މަދު ބާވަތްތަކެއް ބޭނުންކޮށްލައިގެން ގޭގައި ބަގެޓް ސޭންޑްވިޗް ތައްޔާރުކޮށްލެވޭނެ ފަސޭހަ ގޮތެކެވެ.

ރޯދަ މަސް ނިމުމުގެ ކުރިން ޓްރައި ކޮށްލާށެވެ. މިއީ ވަރަށް މީރު އަދި ވަރަށް މަގުބޫލް ސޭންޑްވިޗެކެވެ.

ބޭނުންވާ ތަކެތި

މެގީ ސޯޔާ ސޯސް
މެގީ ޓޮމާޓޯ ސޯސް
ލެޓިއުސް
ސަބްމެރީން ބަން
ފިޔާ
ކެޕްސިކަމް
މިރުސް
ކުކުޅު
މަޔޮނައިޒް
އެންކަރު ބަޓަރު
ސްލައިސްޑް ޗީޒް

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ތަވާ އުނދުންމަތީ ބަހައްޓާފައި ކޮށާފައި ހުރި ކުކުޅު އަޅުމަށް ފަހު އޭގެ މައްޗައް ދެ ޓޭބަލް ސްޕޫންގެ ސޯޔާ ސޯސް އަޅާލާށެވެ. ދެން އެއް ޓޭބަލް ސްޕޫންގެ މިރުސް އަޅާލުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ފިޔަލާއި ކެޕްސިކަމް ކޮށާލުމަށް ފަހު އެ ތަވާ ތެރެއަށް އަޅާލާށެވެ. އޭރުން އެ ހުރީ ބަގެޓް ސޭންޑްވިޗްގެ މަސްގަނޑު ހަދާލެވިފަ އެވެ.

ދެން ސަބްމެރީން ބަން ކަފާލާފައި އެއް ފަޅީގައި މަޔޮނައިޒް ހާކާލުމަށް ފަހު ލެޓިއުސް ފަތް އަޅާށެވެ. ދެން ކުޑަ މެގި ޓޮމާޓޯ ސޯސް ކޮޅެއް އަޅާ އޭގެ މައްޗައް ކުރިން ހެދި ކުކުޅު މަސްގަނޑު އަޅާލާށެވެ. އޭގެ މަތިން ދެ ފޮތި ޗީޒް ބާއްވާލުމަށް ފަހު ސަބްމެރީން ބަންގެ އަނެއްފަޅީގައި ވެސް މަަޔޮނައިޒް ޖަހާ އަނެއް ފަޅި މަތީ ބާއްވާލާށެވެ. އޭރުން ބެގެޓް ސޭންޑްވިޗް ތައްޔާރުކޮށްލެވުނީ އެވެ.