ބޮލީވުޑް

ސަންޖޭ އާއެކު އަންކިތާ ބޮލީވުޑަށް

Jun 2, 2017

ޓީވީ ތަރި އަންކިތާ ލޯކަންޑޭ ބޮލީވުޑަށް ނިކުންނަން އުޅޭ ވާހަކަ މީގެކުރިން ދެ ފަހަރެއްގެ މަތިން ވަނީ ދެކެވިގެން ގޮސްފަ އެވެ. ޝާހްރުކް ޚާނާ އެކު "ހެޕީ ނިއު އިޔާ" އިންނާއި ސަންޖޭ ލިލާ ބަންސާލީގެ "ޕަދްމާވަތީ" ގެ ބަތަލާގެ ރޯލު އަންކިތާ އަށް ލިބުނު ކަމުގެ އަޑުއެރި ނަމަވެސް އޭނާ އެއިން އެއްވެސް ފިލްްމަކުން ރޯލެއް ވަނީ ނުލިބިފަ އެވެ.

ޒީ ޓީވީއިން ދެއްކި ޓީވީ ޝޯ ޕަވިތްރަ ރިޝްތާއިން ބެލުންތެރިންގެ މެދުގައި މަގުބޫލުވެގެން ގޮސްފައިވާ އަންކިތާ އެ ޝޯ 2014 ވަނަ އަހަރު ހުއްޓާލިފަހުން އިތުރު އެހެން އެއްވެސް ޝޯއެއް ކުޅެފައިނުވަނީ ބޮލީވުޑަށް ނިކުންނަން ބޭނުންވާތީ އެވެ.

މި އަހަރުގެ ޑިސެމްބަރު މަހު މި ފިލްމުގެ ޝޫޓިން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އަހަރުގެ ޑިސެމްބަރު މަހު މި ފިލްމުގެ ޝޫޓިން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

"ޕަވިތްރަ ރިޝްތާ" 2014 ވަނަ އަހަރު ހުއްޓާލި ފަހުން އަންކިތާ ވަނީ ޑާންސް ރިއަލިޓީ ޝޯ ޖަލަކް ދިކްލާ ޖާ އާއި ކޮމެޑީ ސާކަސްގައި ބައިވެރިވެފަ އެވެ.

އެ ޝޯގައި އަންކިތާ އާއެކު ލީޑްރޯލުން ފެނިގެންދިޔަ ސުޝާންތް ސިންގް ރާޖްޕުތް އާއި ޝޯގެ ތެރެއިން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެ ދެތަރިން ރުޅިވެފައިވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.