ދުނިޔެ

ބޮސްޓަންގައި ބޮން ގޮއްވުމުގެ ދައުވާލިބޭ މީހާގެ މައްޗަށް ހުރިހާ ދައުވާތަކެއް ސާބިތުވެއްޖެ

Apr 9, 2015

އެމެރިކާގެ ބޮސްޓަންގައި ބޭއްވި މެރެތަން ރޭހުގެ ތެރޭގައި ބޮން ގޮއްވި މައްސަލައިގެ ދައުވާލިބޭ މީހާގެ މައްޗަށް އުފުލި ހުރިހާ ދައުވާތަކެއް އޭނާގެ މައްޗަށް ސާބިތުވެއްޖެ އެވެ.

ތިން މީހަކު މަރުވެ، 200 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެ ހަމަލާ ދީފައިވަނީ 2013 ގަ އެވެ. އެ މައްސަލައިގައި ޗެޗިނިޔާއަށް ނިސްބަތްވާ ދެބެއިންގެ މައްޗަށް ތުހުމަތު ކުރެވިގެން އެ ދެ މީހުން ހައްޔަރުކުރަން ހިންގި އޮޕަރޭޝަންގައި ބަދަލުކުރި ހަމަލާތަކުގައި ދެ ބެއިންގެ ތެރެއިން އެކަކު ވަނީ މަރުވެފަ އެވެ. މަރު ނުވަނީސް އަތުލައިގެންފައިވަނީ 19 އަހަރުގެ ޒޮހަރު ޓުސަމައޭވު އެވެ.

ޒޮހަރުގެ މައްޗަށް 30 ދައުވާއެއް އުފުލިއިރު އެ ހުރިހާ ދައުވާތަކެއް ވެސް ސާބިތުވާ ކަމަށް ޖޫރީން ވަނީ ނިންމައިފަ އެވެ. އެ ދައުވާތަކުގެ ތެރޭގައި މަރުގެ އަދަބު އައުމުގެ ފުރުސަތު ބޮޑު ދައުވާތައް ވެސް ހިމެނޭއިރު ދެން އޮންނާނީ އޭނާގެ މައްޗަށް ކަނޑައަޅާނެ އަދަބަކާ ބެހޭގޮތުން ބަހުސް ކުރުމާއި އެކަމާ މެދު ގޮތެއް ނިންމުމުގެ މަރުހަލާ އެވެ.