ހަބަރު

އެމެރިކާގެ ދުވުމެއްގައި ޝައިނީ ބައިވެރިވެ ވަޑައިގެންފި

Jun 13, 2017
2

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ރާއްޖޭގެ ވަފުދުގެ ބައިވެރިން އެމެރިކާގެ ނިއުޔޯކުގެ މަގުތަކުގައި ބޭއްވި ދުވުމެއްގައި ބައިވެރިވެއްޖެ އެވެ.

ދުނިޔޭގެ ކަނޑުތަކާ ބެހޭ ދުވަހާ ގުޅިގެން ހޭލުންތެރިކަން އުފެއްދުމަށް ޓަކައި "އެޑިޑާސް، ޕާލީ ފޯ ދަ އޯޝަންސް" އާއި ރަންޓޭސްޓިކް އެޕްލިކޭޝަން ގުޅިގެން ބޭއްވި މި ދުވުމުގައި މިނިސްޓަރު ޝައިނީގެ އިތުރުން ދިވެހި މިޝަންގެ ޑިޕްލޮމޭޓުން ވެސް ބައިވެރިވެވަޑައިގެނެވި އެވެ.

ކަނޑުތަކުން ހޮވާ ޕްލާސްޓިކުން އެކި އެއްޗިހި ތައްޔާރުކުރާ ޕާލޭއިން މިދިޔަ ހުކުރު ދުވަހު ބޭއްވި މި ދުވުމުގައި 500 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައި ވެއެވެ.