ދެހާސް ހަތަރު ވަނަ އަހަރު ނިކުތް "ތާޒަން: ދަ ވޮންޑާ ކާ" އިން ބޮލީވުޑަށް ނުކުތް ބަތަލާ އައިޝާ ޓާކިޔާ އަށް ވަނީ އެ ފިލްމުން މުޅިން އަލަށް ތައާރަފުވި އެންމެ މޮޅު ބަތަލާގެ ފިލްމުފެއާ އެވޯޑާއި އައިފާ އެވޯޑް ލިބިފަ އެވެ. މި ދެ އެވޯޑްގެ އިތުރުން ވެސް އޭނާ ވަނީ އެ ފިލްމުން އެހެން އެވޯޑްތަކަށް ނޮމިނޭޓް ވެސް ވެފަ އެވެ.
އޭގެ ފަހުން "ޑޯރް" އާއި "ސަލާމޭ އިޝްގް" އަދި "ވޯންޓަޑް" ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެންދިޔަ ނަމަވެސް 2009 ވަނަ އަހަރު ކައިވެނިކުރި ފަހުން އައިޝާ ވަނީ ފިލްމީ ދާއިރާއިން ގެއްލިފަ އެވެ.
ފަރްހާން އަޒްމީ ކިޔާ ވިޔަފާރިވެރިޔަކާ ކައިވެނިކޮށް އައިޝާ އަށް ވަނީ ފިރިހެން ކުއްޖަކު ވެސް ލިބިފަ އެވެ.
ކައިވެނިކޮށް، ކުއްޖަކު ލިބުނު ފަހުން ފިލްމީ ދާއިރާއިން އައިޝާ ބްރޭކެއް ނެގި ނަމަވެސް އަލުން އެނބުރި އޭނާ ވަނީ ލަވަޔަކާއެކު އައިސްފަ އެވެ. ލަވްލީ ސިންގް ޑައިރެކްޓްކޮށްފައިވާ "ޒިންދަގީ ތުޖްސޭ ކިޔާ ކަރޭ ޝިކްވޭ" ކިޔާ ލަވައިން އައިޝާ ފެނިގެންދަނީ ޗައިލްޑް ޓްރެފިކިންގެ ޝިކާރަ އަކަށްވާ ކޮއްކޮ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތެވެ.
"ޒިންދަގީ ޔޭ ޒިންދަގީ" ކިޔާ އަލްބަމްގައި ހިމެނޭ މި ލަވަ އަކީ ފިލްމެއްގެ ސިފައިގަައި އުފައްދާފައިވާ ލަވައެކެވެ. އަމިތް މިޝްރާ ކޮމްޕޯޒް ކޮށްފައިވާ މި ލަވަ އާއި ގުޅޭގޮތުން އައިޝާ ބުނެފައިވަނީ މީގެ ކުރިން އޭނާ ލަވްލީގެ ފިލްމެއްގައި މަސައްކަތްކޮށްފައިވާތީ އޭނާ މި ލަވަ ކުޅެދޭން އެދުމުން އެކަމަށް އިންކާރު ނުކުރީ ކަމަށް ބުނެފަ އެވެ. އައިޝާ ވަނީ ކުރު ފިލްމެއްގެ ގޮތުގައި ފެނިގެންދާ މި ފިލްމުގެ މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ.
މި ލަވަޔަށް ފަހު އައިޝާ ވަރަށް އަވަހަށް ދެން އޭނާ ފެނިގެންދާ ފިލްމު އިއުލާންކުރާނެ އެވެ.