ހަބަރު

އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިސް އަގު ހެޔޮކޮށްފި

Jun 18, 2017
1
އެސްޓީއޯއިން މިދިޔަ ރޯދަ މަހު ފިޔާ، އަލުވި އަދި ބިސް ވިއްކަނީ.
0%
0%
0%

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (ސްޓީއޯ) އިން ވިއްކާ ފިޔާ، އަލުވި އަދި ބިސް ހޯލްސޭލްކޮށާއި ރީޓެއިލްކޮށް ވިއްކާ އަގު މިއަދު ހެޔޮކޮށްފިއެވެ.

އެގޮތުން ކުރިން އަށް ރުފިޔާއަށް ވިއްކަމުން އައި ފިޔާ ކިލޯއެއް މިހާރު ހަތް ރުފިޔާއަށް ވިއްކާއިރު 170 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ބަސްތާއެއް މިހާރު ވިއްކަނީ 140 ރުފިޔާއަށެވެ. ކުރިން 10 ރުފިޔާއަށް ވިއްކަމުން އައި އަލުވި ކިލޯއެއް ނުވަ ރުފިޔާއަށް ވިއްކާއިރު 220 ރުފިޔާއަށް ވިއްކަމުން އައި އަލުވި ބަސްތާ ވިއްކަނީ 190 ރުފިޔާއަށެވެ.

އެސްޓީއޯއިން ރޯދަ މަހަށް ރާއްޖެ ގެނައި ފިޔާ، އަލުވި އަދި ބިސް ހޯލްސޭލްކޮށް ވިއްކުމަށް ކަނޑައެޅި އަގުތަކަކީ ފިޔާ ބަސްތާއެއް 170 ރުފިޔާއަށް، އަލުވި ބަސްތާއެއް 220 ރުފިޔާއަށް، އަދި ބިސް ކޭހެއް 270 ރުފިޔާއަށެވެ. ބިސްކޭހެއްގެ އަގު 170 ރުފިޔާއިން 160 ރުފިޔާއަށް ބަދަލު ކުރި ނަމަވެސް ބިސް ވަކިން ވިއްކާ އަގު ހެވެއް ނުކުރެއެވެ. ވަކިން އަދިވެސް ބިހެއް ވިއްކަނީ ދޮޅު ރުފިޔާއަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345