ހަބަރު

ގައުމު ދިއްލުމުގައި ސްޓެލްކޯއަށް 20 އަހަރު

Jun 19, 2017

ގައުމީ ކަރަންޓު ކުންފުނީގެ ތާރީހު ބަލާނަމަ ދާން ޖެހެނީ 1949 އާ ހަމައަށެވެ. ރައީސް އިބްރާހިމް ނާސިރުގެ ދުވަސްވަރު މާލޭގައި ފުރަތަމަ ބެހެއްޓީ 14 ކިލޯ ވޮޓްގެ އިންޖީނެކެވެ. ކަރަންޓްގެ ހިދުމަތަށް މިހާރު 67 އަހަރު ވެއްޖެ އެވެ. ނަމަވެސް ކަރަންޓުގެ ހިދުމަތް ޒަމާނީ ވެގެން ގޮސްފައިވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އުފެދުނު ހިސާބުންނެވެ. އެގޮތުން މިއަދަކީ ސްޓެލްކޯ އަށް 20 އަހަރު ފުރޭ، އުފަން ދުވަހެވެ.

ސްޓެލްކޯ އިން ގައުމީ ހިދުމަތުގައި މެދުތިބޭތާ، އެތަށް އަހަރެއް ވެގެން ދިޔައިރު މިހާރު ކުންފުނީގެ ދަށުން ރަށްރަށުގައި 30 އިންޖީނުގެ އާއި މާލެ ސަރަހައްދުގައި ފަސް އިންޖީނުގެއިން ހިދުމަތް ދެ އެވެ. މިގޮތުން ޖުމްލަ 35 އިންޖީނުގެ އިން ދަނީ ހިދުމަތް ދެމުންނެވެ.

ސްޓެލްކޯގެ ދިގު މާސިންގަހަ ތާރީހުގައި އެ ކުންފުނިން މަސައްކަތް ކޮށްފައިވަނީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތި ކުރުމަށްޓަކައި ބޭނުންވާ ކަރަންޓުގެ ހިދުމަތް އޭގެ އެންމެ ފުރަތަމަ ގޮތުގައި ދިނުމަށެވެ. މި އަމާޒަށް ދިއުމަށްޓަކައި ކުންފުނިން ވަނީ ގިނަ މަސައްކަތް ތަކެއް ވެސް ކޮށްފަ އެވެ.