ކުޅިވަރު

ވެޓަރަންސް ކަޕްގެ ފައިނަލު ފުރަތަމަ ޖާގަ މާޒިޔާއަށް

Jun 19, 2017

ރަމަޒާން ވެޓްރަންސް ކަޕްގެ ފުރަތަމަ ސެމީ ފައިނަލު މެޗުގައި ގުރޫޕް ދޭއްގެ އެއް ވަނަ ޓީމު، އަދި އެންމެ ފަހުގެ ޗެމްޕިއަން، ނިއުރޭޑިއަންޓްގެ މައްޗަށް ކުރި ހޯދައި، ގުރޫޕް އެއް ވަނައިގެ އެއް ވަނަ ޓީމު މާޒިޔާއިން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

އިއްޔަ ކުޅުނު ސެމީ ފައިނަލު ފުރަތަމަ މެޗު، މާޒިޔާއިން ކާމިޔާބު ކުރީ 3-0 ން ނެވެ. މެޗުގައި، މާޒިޔާގެ ލަނޑުތައް ކާމިޔާބު ކުރީ، އަހްމަދު ނާޝިދު (ނާދު) އާއި މުހައްމަދު ޝަޒްލީ (ޝާޒް) އާއި އާފިއު މުހައްމަދު ހަމީދެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، އާފިއު އެވެ. ސާޅިސް ފަސް އަހަރުން، މަތީގެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނީ، ނާދު އެވެ.

ނިއުރޭޑިއަންޓް، ފުރަތަމަ ސެމީ ފައިނަލުން ބަލި ނަމަވެސް، އެޓީމަށް، ސެމީ އަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އެ ޓީމު ދެން ކުޅޭނީ، ތިން ވަނަ ސެމީ ފައިނަލު މެޗުގަ އެވެ.

ތިން ވަަނަ ސެމީ ފައިނަލު މެޗުގައި އެޓީމު ވާދަ ކުރާނީ، މިއަދު ކުޅޭ، ދެ ވަނަ ސެމީ ފައިނަލު މެޗުގައި، ގުރޫޕް އެކެއްގެ ދެ ވަނަ ޓީމު ދިވެހި ސިފައިގެ ކުލަބު (ޑީއެސްސީ) އާއި ގުރޫޕް ދޭއްގެ ދެ ވަނަ ޓީމު ވެލެންސިއާ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.