ވިޔަފާރި

ވިލިމާލޭ ހިޔާއަށް ދިރާގުގެ ހައި ސްޕީޑް އިންޓަނެޓް ހިލޭ

ވިލިމާލޭގައި ހުންނަ ކުޑަ ކުދިންގެ ހިޔާގެ ކޮމްޕިއުޓާ ލެބުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެ ހިޔާއަށް ހައި ސްޕީޑް އިންޓަނެޓުގެ ހިދުމަތް ދިރާގުން މުޅިން ހިލޭ ފޯރުކޯށްދީފި އެވެ.

ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ވިލިމާލޭ ކުޑަކުދިންގެ ހިޔާއަށް ހިލޭ އިންޓަނެޓުގެ އިތުރުން އާ ކޮމްޕިއުޓަރު ސިސްޓަމްތަކާއި ކުޑަކުދިންގެ ހިޔާގައި ހުންނަ ލައިބްރަރީ އަށް ބޭނުންވާ ބައެއް ކުޑަކުދިންގެ ވާހަކަ ފޮތްތައް ވެސް އެ ކުންފުނިން ވަނީ ހަދިޔާކޮށްފަ އެވެ. ޖެންޑާ މިނިސްޓްރީއާ ގުޅިގެން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ތެކެތި ކުޑަކުދިންގެ ހިޔާއާ ހަވާލުކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު އެވެ.

މީގެ ކުރިން ވެސް ދިރާގުން ވަނީ ކުޑަކުދިންގެ ހިޔާއަށް އެހިތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ވިލިމާލޭ ކުޑަކުދިންގެ ހިޔާގެ ބައެއް މުދައްރިސުންގެ ހަރަދުތައް ބެލެހެއްޓުމުގެ އިތުރުން 2008 ވަނަ އަހަރުން ފެށިގެން ޕޭރަންޓަލް ކޮންޓްރޯލާއިއެކު ހިލޭ އިންޓަނެޓް އެ މަރުކަޒަށް
ދިރާގުން ފޯރުކޮށްދެއެވެ. އޭގެ އިތުރުން ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ފިޔަވަތިގައި ވެސް ދިރާގުންވަނީ ކޮމްޕިއުޓާ ލެބެއް ގާއިމް ކޮށް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދީފައިއެވެ.