ވިޔަފާރި

ޓީޓީއެމް އިޝްތިހާރު ކުރަން ލަންޑަނަށް!

Jun 22, 2017

އަންނަމަހު ރާއްޖޭގައި ބާއްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) އިން ރާއްޖެ އިޝްތިހާރު ކުރަން ލަންޑަންގައި ބޭއްވި "ޑެސްޓިނޭޝަން ޝޯކޭސް" ގައި ބައިވެރިވެއްޖެ އެވެ.

ރާއްޖޭގެ ފުރަތަމަ ޓްރެވަލް ފެއާ އިންތިޒާމުކުރާ މޯލްޑިވްސް ގެޓަވޭސް އިން ބުނީ އިނގިރޭސިވިލާތުގެ ލަންޑަންގައި މިދިޔަ މަހުގެ 13 ވަނަ ދުވަހު ބޭއްވި "ޑެސްޓިނޭޝަން ޝޯކޭސް" ގައި ބައިވެރި ރާއްޖެ އާއި ޓީޓީއެމް އިޝްތިހާރު ކޮށްފައިވާ ކަމަށެވެ.

ދުނިޔޭގެ ޓޫރިޒަމް ދާއިރާގައި ގިނަ ޓުއާ އޮޕަރޭޓަރުން ބައިވެރިވި މި އެއްވުމުގައި ރާއްޖޭގެ ތަމްސީލް ކުރީ ހަމައެކަނި ޓީޓީއެމްއިންނެވެ. މިގޮތުން މި ބައްދަލުވުމުގައި ދުނިޔޭގެ 100 އަށްވުރެ ގިނަ ޓުއާ އޮޕަރޭޓަރުންނާ ބައްދަލުކޮށް ވަނީ ޓީޓީއެމް އިޝްތިހާރު ކޮށްފަ އެވެ.

ޑެސްޓިނޭޝަން ޝޯވްކޭސްއަކީ އިނިގިރޭސިވިލާތުގެ އެންމެ ބޮޑު އެއް ޓްރެވަލް މީޑިޔާ ފާމް ކަމަށްވާ ޓްރެވަލް ވީކްލީއިން އިންތިޒާމު ކުރާ އިވެންޓެކެވެ.

ޓީޓީއެމް އިޝްތިހާރު ކުރުމުގެ ގޮތުން ގިނަ މަސައްކަތް ތަކެއް ކުރަމުންދާއިރު، މި ފެއާ ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ 12-13 އަށް ދަރުބާރުގޭގަ އެވެ.

ޓީޓއެމް ފެއާ ބޭއްވުމުގެ މައިގަނޑު އެއް މަގުސަދަކީ ކުރިއަށް އޮތް ހަތަރު ވަރަށް އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެނެސް، ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަށް ވާސިލްވުމެވެ. މި ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓު/ ޓޫރިސްޓު ހޮޓާތަކުގެ އިސްވެރިންނާއި 50 ނޫސްވެރިން އަދި ޕީއާރު ފާމްތަކުން މި ފެއާގައި ބައިވެރި ވާނެ އެވެ. މީގެ އިތުރުން މި ފެއާއަކީ އެމްއެމްޕީއާރުސީ އާއި މަޓާޓޯ އަދި މަޓީ ފަދަ ޖަމިއްޔާތައް އެންޑޯޒްކޮށްފައިވާ ފެއާ އެކެވެ. މިފެއާގެ މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.