ކުޅިވަރު

ވެޓަރަންސް ކަޕް: ފައިނަލުގައި މާޒިޔާއާ ދެކޮޅަށް ނިއު

Jun 22, 2017

ވާދަވެރި ވެލެންސިއާގެ މައްޗަށް 2-1 ނަތީޖާ އަކުން ކުރި ހޯދައި، ވެޓަރަންސް ކަޕްގެ ފައިނަލުގެ ދެ ވަނަ ޖާގަ ނިއުރޭޑިއަންޓުން ހޯދައިފި އެވެ. ފައިނަލުގައި، ނިއު ނިކުންނާނީ، ފުރަތަމަ ސެމީ ފައިނަލުގައި، އެޓީމު ބަލިކޮށް، ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކުރީ މާޒިޔާއާ ދެކޮޅަށެވެ.

ނިއުގެ ދެ ލަނޑުވެސް، ކާމިޔާބު ކުރީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. ނިއު އާއި ވެލެންސިއާ އަކީ، މިދިޔަ އަހަރު މި މުބާރާތުގެ ފައިނަލުގައި ކުޅުނު ދެ ޓީމެވެ. މިދިޔަ އަހަރުގެ ޗެމްޕިއަނަކީ ނިއު އެވެ.

އިއްޔަ ކުޅުނު މެޗުގައި، ނިއުގެ ފުރަތަމަ ލަނޑު، ވެލެންސިއާ ކޮޅަށް ކާމިޔާބު ކުރީ، ކެރިއަރުގައި، ގިނަ ދުވަސްތަކެއް ވަންދެން، އެ ޓީމަށް ކުޅުނު އަބްދުﷲ ވަހީދު (ބިންމާ އަބްޅޯ) އެެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 23 ވަނަ މިނެޓް ގައެވެ.

ނިއުގެ ދެ ވަނަ ލަނޑު ޖެހީ، ހުސްނީ އަބްދު ރަހްމާން އެވެ. އޭނާ އަކީ، ކ. ހުރާގެ ހުއްރިއްޔާ ސްޕޯޓްސް ކުލަބުން ގަލޮޅު ދަނޑުން ފާހަގަ ކުރެވުނު ކުޅުންތެރިޔެކެވެ. ކޮންމެވެސް ވަރަކަށް މުނިފޫހި ފިލުވުމުގެ ދާއިރާގައިވެސް އޭނާ ހަރަކާތްތެރި ވިއެވެ.

ވެލެންސިއާގެ ލަނޑު ފެނިގެން ދިޔައީ މެޗުގެ ދެ ވަނަ ހާފުގައެވެ. އެ ލަނޑު 54 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، އިސްމާއިލް މުހައްމަދު (އިއްސޭ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ، ހުސްނީ އެވެ. ސާޅިފަސް އަހަރުން މަތީގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ، ނިއުގެ އަހްމަދު ނިޔާޒު އަށެވެ.

މާޒިޔާ އާއި ނިއު ކުޅޭ ފައިނަލު މެޗު އޮންނާނީ، އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ.