ކުޅިވަރު

އަސައްކޮ ފިޓް ވެއްޖެ، މާޒިޔާއަށް ބޮޑު ހިތް ހަމަޖެހުމެއް

Jun 22, 2017
1

މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ހުރީ، މިހާރު ފިޓްކޮށް ކަމަށާއި، އެއީ ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް، މާޒިޔާގެ ކޯޗް، މަރުޔަން ސެކްލޮސްކީ ބުނެފި އެވެ.

ސީޒަން، ފަށައިގެން، މިމަހު، މެދަކާ، ހަމަޔަށް މާޒިޔާގެ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ވަގުތު، ކުޅުމުގައި ހޭދަ ކުރި ކުޅުންތެރިޔަކީ، އަސަދުﷲ އެވެ. އަދި އޭއެފްސީ ކަޕްގައި މާޒިޔާއިން ވާދަ ކުރަން ޖެހުމުން، ކައިރި ކައިރީގައި މެޗުތައް ކުޅެން ޖެހުމުން، އަސަދުﷲ ގެ އިތުރުން، މާޒިޔާގެ އެހެން ކުޅުންތެރިންނަށް ވެސް، އެކަމުގެ އުނދަގޫ ކުރިމަތި ކަން، ސެކްލޮސްކީ މީގެ ކުރިން ފާހަގަ ކުރި އެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖު ފަހު މެޗުގައި، އަސަދުﷲ އަށް އަނިޔާވެގެން އޭނާ ވަނީ ބަދަލު ކޮށްފަ އެވެ. މާލޭ ލީގްގެ ދެ ވަނަ ބުރުގައި، ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް، އަސަދުﷲ ކުޅެފަ އެއް ނުވެ އެވެ. ސެކްލޮސްކީ އޭރު ބުނީ އަސަދުﷲ ނުކުޅުނީ، އޭނާ ފިޓް ނޫން ކަމަށް ބުނެފައި ވުމުން ކަމަށެވެ.

"އަހަންނަށް ހީވަނީ މިހާރު އޭނާ ހުރީ ރަނގަޅު ކޮންޑިޝަނެއްގައި ހެން، ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުވީ އޭނާ ވަރަށް އުނދަގޫ ކުރިމަތިވި މެޗަކަށް ބެންގަލޫރުގެ ދެ ޑިފެންޑަރުންގެ ފަރާތުން އޭނާއަށް ހާއްސަކޮށް ކަންތައްތަކެއް ކުރިމަތިކުރި، ނަމަވެސް އޭގާ ފަހުން ގައުމީ ޓީމުގައިވެސް އޭނާ ކޮންމެވެސް ވަރަކަށް ރެސްޓް ނެގި، އަށް ގައުމީ ޓީމުގައި އޭނާ ކުޅުނީ 70 މިނެޓް، އެހެންވެ މިވަގުތު އޭނާ ހުރީ ރަނގަޅު ހާލަތެއްގައި." ސެކްލޮސްކީ ބުންޏެވެ.

އޭނާ ބުނީ، އޭއެފްސީ ކަޕް، މާޒިޔާ އަށް ނިމިފައި ވުމުން، މިހާރު އެންމެ ބޮޑު ފޯކަސް އެއް ހުރީ، މާލޭ ލިގަށް ކަމަށާއި، މިރޭ އީގަލްސްއާ ދެކޮަޅަށް ކުޅޭ މެޗަކީ މާޒިޔާ އަށް އުނދަގޫވާނެ މެޗެއް ކަމަށެވެ.

މިރޭގެ މެޗުގައި، އީގަލްސް މިސްރުގެ ޑިފެންޑަރު، މެޗުން ފެންނާނެ ކަމަށް އީގަލްސްގެ ކޯޗް އިހްސްން އަބްދުލް ގަނީ (ސާންތީ) ބުންޏެވެ. ސެކްލޮސްކީ ބުނީ މިސްރުގެ ޑިފެންޑަރާއި، އަހްމަދު ރިޒްވާން އެނބުރި އައުމުން، އީގަލްސް އިތުރަށް ވަރުގަދަ ވެގެން ހިގައްޖެ ކަމަށެވެ.

މާޒިޔާ އާއި އީގަލްސް ބައްދަލު ކުރާ މެޗު، ފަށާނީ، މިރޭ 10:00 ގަ އެވެ.