ކުރިޔަށް އޮތް ފިތުރު އީދު ދުވަހާ ދިމާކޮށް ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގުން ހާއްސަ ވައިބާ ސްޓިކާ ޕެކެއް ނެރެފި އެވެ.
ދިރާގުން ބުނީ އެ ސްޓިކާ ޕެކް ތައްޔާރުކޮށްފައިވާނީ ރަމާޝާން މަހާއި ފިތުރު އިދާގުޅުވައިގެން ދިވެހިންގެ އާއްމު ދިރިއުޅުމުގެ ބަހުރުވައާއި ވައްޓަފާޅި ދައްކުވައިދޭ ގޮތަށް ކަމަށާއި އޭގެ ސަބަބުން އީދުގެ ތަހުނިޔާ ގާތްތިމާގެ މީހުންނަށް ރީތި ސްޓިކާ އެއްގެ ސިފައިގައި ފަސޭހަކަމާއެކު ފޮނުވާލެވޭނެއެވެ. އަދި އެ ސްޓިކާ ޕެކްގައި ހުވަދޫ ބަހާއި އައްޑޫ ބަސް ފަދަ ރާއްޖޭގެ ބައެއް އެހެން ސަރަހައްދުތަކުގެ ބަހުރުވައިން ބައެއް ސްޓިކާ ތައްޔާރުކޮށްފައިވާނެ ކަމަށެވެ.
މި ސްޓިކާ ޕެކް ވައިބާ މެދުވެރިކޮށް ހިލޭ ޑައުންލޯޑު ކުރެވެ އެވެ. ދިރާގުން އެންމެ ފަހުން ހަދާފައިވާ މޯލްޑިވިއަން އައިޑޮލް ވައިބާ ސްޓިކާ ޕެކަށސް ވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.