ޔާމީން ރަޝީދުގެ މަރު

ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރައްވައިފި

ފިތުރު އީދު ނަމާދަށް ފަހު ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި އެމަނިކްފާނުގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް އީދު ސަލާމް ކުރައްވައިފި އެވެ.

ރައީސްގެ ދެކަނބަލުންނާ އީދު ސަލާން ކުރެއްވުން މި އަދު އޮތީ ދަރުބާރު ގޭގަ އެވެ. މިއަދު ހެނދުނު 9:00 އަކުން ފެށިގެން ގަޑިއެއްހާ އިރަށް ދެމިގެން ދިޔަ އީދު ސަލާން ކުރެއްވުމުގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެ ރައީސްގެ ދެކަނބަލުންނާ ބައްދަލު ކުރައްވާ ސަލާމް ކުރައްވާފަ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ޒުވާނުންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން އާއިލާތަކާއެކު އައިސް ރައީސްގެ ދެކަނަބަލުންނާ ސަލާން ކުރަން ދިޔަ އެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާއި މިނިވަން މުއައްސަސާތަކާއި ކުންފުނިތަކުގެ ވެރިން ވެސް ރައީސާ އީދު ސަލާމް ކުރެއްވި އެވެ. އަދި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނާއި ކުޅިވަރުގެ ސަހުސިއްޔަތުންނާއި އެހެން ވެސް ދާއިރާތަކުން ފާހަގަކޮށްލެވޭ ސަހުސިއްޔަތުން ވެސް ހިމެނި ވަޑައިގަންނަވަ އެވެ.

އީދު ސަލާން ކުރެއްވުމުގެ ކުރިން ރޭ ރައީސް އާންމު ކުރެއްވި ހިތޯބުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ އީދު ދުވަސްފަދަ މުނާސަބަތުތަކަކީ، އިސްލާމީ އަގީދާ ހަރުދަނާކޮށް ގައުމުގައި ވަހުދަތުގެ ބިންގާ ހަރުދަނާ ކުރަން އިތުރު އަޒުމުތައް އާކުރުމަށް ވަރަށް އެކަށީގެންވާ މުނާސަބަތެއް ކަމަށެވެ. އަދި ދިވެހި ހުރިހާ ރައްޔިތުންނަށް އީދުގެ ތަހުނިޔާ ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.