ކުޅިވަރު

މެޑަމްގެ އެހީގައި ފުޓްސަލް މުބާރާތެއް ކޮލަމާފުށިން ފަށައިފި

ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމްގެ އެހީގައި ގއ. ކޮލަމާފުށީގައި ފުޓްސަލް މުބާރާތެއް ފަށައިފި އެވެ. ރޭ ފެށި މި މުބާރާތަކީ އެ އަތޮޅުގައި މިހާތަނަށް ބާއްވާ އެންމެ އަގު ބޮޑު ފުޓްސަލް މުބާރާތެވެ.

މުބާރާތް ހިންގުމާ ހަވާލުވެ ހުންނެވި ޝުއާއުﷲ ބުނ މި މުބާރާތުގައި އަށް ޓީމެއް ބައިވެރިވެފައިވާ ކަމަށާއި އެއްވަނަ އަށް ދާ ޓީމަކަށް 50،000 ރުފިޔާ ދޭނެ ކަމަށެވެ. ރަނަރަޕް ޓީމަށް ވެސް 20،000 ރުފިޔާގެ ފައިސާގެ އިނާމު ދޭން ނިންމާފައިވާ ކަމަށެވެ.

"މިއީ މެޑަމް ފާތުންގެ އިސްނެންގެވުމުގެ މަތިން މި އަތޮޅުގައި ވެސް ބާއްވާ އެންމެ އަގު ބޮޑު މުބާރާތް. މިއީ ރަށުގެ ޒުވާނުން ކުރިއެރުވުމަށް އެޅިގެން ދިޔަ ރަނގަޅު ފިޔަވަޅެއް،" ޝުއާއުﷲ ބުންޏެވެ.

މުބާރާތް ރޭ ފަށާފައިވާ އިރު ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގަ އެވެ.