ރާއްޖޭގައި ރިސޯޓު ހިންގާ ސެންޓާރާ ގްރޫޕަށް ތިމާވެށީގެ ރަން ވަނަތަކެއް ލިބިއްޖެ އެވެ. ރާއްޖޭގައި އެ ގްރޫޕުން ހިންގާ ދެ ރިސޯޓެއް ވަނަ ތައްލިބިފައިވެ އެވެ.
ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުގައިވާ ގޮތުން ސެންޓާރާއަށް ލިބިފައިވަނީ ދެމެހެއްޓެނިވި ޓޫރިޒަމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އާތްކްލާކްގެ ގޯލްޑް ސެޓްފިކޭޝަން އެކެވެ. މިގޮތުން ސެންޓާރާއިން ތައިލެންޑުގައި ހިންގާ ރިސޯޓަށް ގޯލްޑް ސެޓްފިކޭޝަން ލިބިފައިވާއިރު، އެހެން ރިސޯޓުތަކަށް ސިލްވާ ސެޓްފިކޭޝަން ވަނީ ލިބިފަ އެވެ.
ސެންޓާރާ ގްރޫޕަށް މިފަދަ ގިނަ ވަނަތަކެއް ކޮންމެ އަހަރަކު ވެސް ލިބެ އެވެ. މިގޮތުން ތައިލެންޑުގައި ހިންގާ ސެންޓާރާގެ ގްރޭންޑް ރިސޯޓު އެންޑް ވިލާ ކްރާބީއަށް ހަތް ފަހަރަށް މި ސެޓްފިކެޓް ލިބިފައިވެ އެވެ. މީގެ އިތުރުން ރާއްޖޭގައި ހިންގާ ދެ ރިސޯޓު ކަމަށްވާ ސެންޓާރާ ރަސްފުއްޓާއި މައްޗަފުއްޓަށްވެސް އެވޯޑުތައް ވަނީ ލިބިފަ އެވެ.