ބަތަލާ ތައްބޫ ގެ އުމުރުން 46 އަހަރުވެއްޖެއޭ ބުންޏަސް ގިނަ ބަޔަކު ގަބޫލެއް ނުކުރާނެ އެވެ. ސަބަބަކީ އަދިވެސް އޭނާ ވަރަށް ޒުވާން ކަމަށް ދައްކާތީ އެވެ.
ތަފާތު މޮޅު ރޯލުތައް ކުޅެގެން ބެލުންތެރިންގެ މެދުގައި މަގުބޫލުވެފައިވާ ތައްބޫގެ ޒާތީ ދިރިއުޅުމުގެ އެއްވެސް ވާހަކައެއް ދުވަހަކު ވެސް ނޫސްތަކުގެ ފަލަ ސުރުހީ އަކަށް ނާރަ އެވެ.
ޑައިރެކްޓްރު ރޯހިތު ޝެޓީގެ "ގޯލްމާލް އެގެއިން" އާއެކު އަލުން ކޮމެޑީ ފިލްމުތައް ކުޅޭ ތައްބޫ މިވަނީ އުމުރުން އެހާ ދުވަސްވީއިރު ވެސް އޭނާަ ހުސްހަށިބައިކޮށް ހުންނަ ސަބަބު ހާމަކޮށްފަ އެވެ.
އިންޑިއާގެ ނޫހަކަށް ތައްބޫ ކިޔައިދިން ގޮތުުގައި އޭނާ ހުސްހަށިބައިކޮށް ހުންނަނީ އެކްޓަރު އަޖޭ ދޭވްގަންގެ ސަބަބުންނެވެ. ފުރާވަރު އުމުރަށް އަޅައިގެން އައި އިރު އިންނާނެ ރަނގަޅޔ ބައިވެރިޔަކު ނުވީ އަޖޭގެ ސަބަބުން ކަމަށް ތައްބޫ ވަނީ ބުނެފަ އެވެ.
އަޖޭ އާއެކު ގިނަ ފިލްމުތަކެއް ތައްބޫ ކުޅެފައިވާއިރު މިދެތަރިން އެކަކު އަނެކަކު ދަންނަތާ 25 ވަރަަކަށް އަހަރު ވަނީ ވެފަ އެވެ. ކުޑައިރުން ފެށިގެން ގާތް އެކުވެރިންގެ ގޮތުގައި ތައްބޫ އާއި އަޖޭ އެކަކު އަނެކަކު ދަންނައިރު، ތައްބޫ ބުނާ ގޮތުގައި އަޖޭ އަކީ އޭނާގެ ބޭބެ އެއް ކަހަލަ އެކުކވެރި އެކެވެ.
މިއަދު ހުސްހަށިބައި ކޮށް ހުންނަން ޖެހުނީ އަޖޭގެ ސަބަބުން ކަމަށް ބުނަމުން ތައްބޫ ވަނީ އޭނާ ކުޑައިރު ވާހަކަދައްކަނީ ކޮން ފިިރިހެން ކުދިންތަކަކާ ތޯ ނުވަތަ ދަނީ ކޮންތަނަކަށް ތޯ ބަލަން އަޖޭ އާއި އޭނާގެ ބޭބެ އެއް ކަމަށްވާ ސަމީރު ފާރަލާ ކަމަށާއި ފިރިހެން ކުއްޖަކާ ވާހަކަދައްކަން ހުއްޓާ ފެނިއްޖެ ނަމަ އެ ކުއްޖަކަށް އަނިޔާކޮށް ފާރަލާ ކަމަށެވެ.
"މިހާރު އަހަރެން ހުސްހަށިބައިކޮސް ހުންނަން މި ޖެހެނީ އަޖޭގެ ސަބަބުން. އެކަމާ އޭނާ ދެރަވެ މާފަށް އެދި އަހަރެން އިންނަން ކަމުދާނެ ކަހަލަ ކުއްޖަކު ހޯދައިދޭން ވަނީ ބުނެފައި" ސަމާސާ ކުރަމުން ތައްބޫ ބުނެފައިވެ އެވެ.
ކުޑައިރުން ފެށިގެން ވަރަށް ގާތްކޮށް އުޅުމަށް ފަހު އެކުގައި ގިނަ ފިލްމުތަކެއް ކުޅުމުގެ ސަބަބުން ތައްބޫ އާއި އަޖޭ އާަ ދެމެދު އޮންނަނީ ވަރަސް ގާތް ގުޅުމެކެވެ. ތައްބޫ ބުނާ ގޮތުގައި ފިލްމު އިންޑަސްޓްރީ އިން އޭނާ އެންމެ އިތުބާރުކުރާ ތަރިއަކީ އަޖޭ އެވެ.
އަޖޭ އާއި ތައްބޫ އެންމެފަހުން އެކުގައި ފެނިގެން ގޮސްފައިވަނީ 2015 ވަނަ އަހަރު ނިކުތް "ދްރިޝްޔަމް" އިންނެވެ. މިދެތަރިން "ގޯލްމާލް އެގެއިން" ގައި ފެނިގެންދާނީ ލޯބިވެރިންގެ ރޯލުން ކަމަށްވެ އެވެ.