ހަބަރު

ރައީސް ޔާމީން ޕީޕީއެމްގެ ލީޑާާޝިޕާ ބައްދަލު ކުރައްވައިފި

Jul 1, 2017
2
ޕީޕީއެމްގެ މައި އޮފީހުގައި ޕާޓީގެ އިސްވެރިންނާ ރައީސް ޔާމީން ބައްދަލު ކުރައްވަނީ -- ފޮޓޯ | ޓްވިޓާ
0%
0%
0%

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ލީޑާޝިޕާ ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބައްދަލު ކުރައްވައިފި އެވެ.

ޕީޕީއެމްގެ މައި އޮފީހުން މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ޔާމީން ބައްދަލު ކުރައްވާފައި ވަނީ އެ ޕާޓީގެ ނައިބު ރައީސުން ކަމަށްވާ، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލްގެ އިތުރުން ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކާއި ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހުއާ އެވެ. ނަމަވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައި ވަނީ ކޮން ކަން ކަމަކާ ގުޅޭ ގޮތުން ކަމެއް ސާފެއް ނުވެ އެވެ.

ޕީޕީއެމްގެ ލީޑާޝިޕްއާ ރައީސް ޔާމީން ބައްދަލު ކުރެއްވި އިރު ޕީޕީއެމް ތަމްސީލު ކުރައްވާ ބައެއް މަޖިލިސް މެންބަރުން އިދިކޮޅު ފަރާތްތަކާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން މަސައްކަތް ކުރާ ކަމަށް ބުނާ މައްސަލަ އެއް ވަނީ ބަހުސަކަށް ވެފައެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަލީ

ރައީސް ޔާމީންދެކެ ލޯބިވާ އަދި އެމަނިކުފާނުގެ ސިޔާސަތަށް ތާއިދުކުރާ މީހެއްގެ ހައިސިއްޔަތުން އަޅުގަނދު ދަންނަވާނީ ކާނަލް ނާޒިމް އަށް އޯގާތެރިވެ، އެމައްސަލަ އަލުން ބައްލަވައި، އެއްވެސް ހިސާބަކުން ގޯހެއްވެފައިވާނަމަ އެކަން ރަގަޅުމަގަށް އަޅުއްވައިދެއްވާށޭ.

ފަޅުވެރިން

މިހާރުވެސް އެތައް އެތައް ބޮޑެތި ޖަރީމާތަކެއް ހިންގައިގެން ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދާ ކުށްވެރިއަކު ހަމަ ދުލުކުރިން ބުނެލާ ބަހެއްގެ މައްޗަށް ބިނާކޮށް ކިހިނެތްހޭ ކަމެއް ނިންމާނީ؟ އަދީބު ތިޔަދައްކަންއުޅޭ ވާހަކައެއްވެސް އަދި އެނގުނިއްޔެއް ނޫން! ޝަރީޢަތުން ނިންމާފައި އޮތް މައްސަލައެއްގައި ގޮތް ނިންމޭނީވެސް ޝަރީޢަތުންނޫންހޭ! އެކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް، ނޫނީ ރައްޔިތުންގެ މަޖްލީހަށް ކުޅެވޭނީ ކޮން ދައުރެއްހޭ؟ ކަންކަމުގައި ޖަޒްބާތީވިއަސް ހަމަ ވާހަކަ ނޫނީ ދައްކައިގެން ނުވާނެ! ނާޒިމް ހުދު ކިރުފޮދަކަށް ހަދަން މަސައްކަތްކުރާ މީހުން މިކަންކަމަށް ވިސްނާލުން ހުރި: އޭނަ މަޤާމުން ވަކިކުރި ދުވަހު ދިން ޕްރެސް ކޮންފަރެންސްގައި އޭނަ ބުނި ތިމަންގެ އަތުގައި ދައުލަތުގެ ސިއްރުތައް އެބަހުއްޓޭ. އޭގެ އިތުރަށް ބުނި ދުނިޔޭގެ ކޮން ޤައުމެއްގައިހޭ ރޭގަނޑު ދަންވަރު ޑިފެންސް މިނިސްޓަރުގެ ގެއަށް ފުލުހުން ވަންނަނީ! މިކަންކަމުން އެބަ އިޝާރަތްލިބޭ ގޯސްތަކެއް އުޅޭކަން. ޢަބްދުﷲ ރިޔާޒް ބުނި ދެތިންސަތޭކަ ޑޮލަރަށްވެސް އިންޓަނެޓުން ފިސްތޯލަ ގަންނަން ލިބެއޭ! މިފަދަ ވާހަކަތައް އެމީހުން ދައްކާނީ އަޑިނޭނގޭ ކަންތައްތަކެއް ހިނގާތީ. ރައީސުލްޖުމްހޫރިއްޔާ ރަސްމީ ޖަލްސާއެއްގައި ވިދާޅުވި، ސިފައިންގެ އިސް އޮފިސަރުންގެ ގާތުގައި ކާނަލް ނާޒިމް ބުންޏޭ ތިޔަބޭފުޅުން ރައީސުލްޖުމްހޫރިއްޔާއާ ދިމާކުރައްވަން ނުދަނީ ކީއްވެގެންހޭ؟ މިފަދަ ވާހަކަތައް ދައްކާނެހޭ ހެޔޮރަނގަޅު މީހަކު؟ އަދި މީގެ އިތުރަށްވެސް ލަންކާ ބަޔަކާ ގުޅިގެން ނާޒިމް ހަތިޔާރުގެ ވިޔަފާރިކުރި ވާހަކަ ވަނީ ލަންކާގެ ނޫސްތަކުގައި ޖަހާފައި. އަދި މީގެ އިތުރަށް އަރްތޫރު ބްރަދަރޒްއާ ނާޒިމާ އޮތް ގުޅުންވެސް ކޮބައިތޯ؟ އެމީހުންނާ އެކުގައި ދެތަނަކުން ނާޒިމް އާއި ބްރޯ ވަނީ ފެނިފައި ޢާންމުންނަށްވެސް! މިފަދަ ނުރައްކާތެރި މީހަކު ކިރުފޮދަކަށް ހަދަން ބަޔަކު މަސައްކަތްކުރާ ކަމީ ޙައިރާންވާންޖެހޭ ކަމެއް!!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345