ބޮލީވުޑް

ސްރީދޭވީގެ ހަނގު ދަރިފުޅު "ޑާންސް ޕްލަސް"ގެ އޮޑިޝަނަށް ނުދޭ

Jul 2, 2017
1

މަޝްހޫރު ބަތަލާ ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރު، ކަރަން ޖޯހަރުގެ ބެލުމުގެ ދަށުން ބޮލީވުޑަށް ނިކުންނަން އަންނަނީ ތައްޔާރުވަމުންނެވެ.

ދައްތަ ޖާންވީ އެކޭ އެއްގޮތަށް ސްރީދޭވީގެ ހަނގު ދަރިފުޅު ހުޝީ ކަޕޫރު ވެސް ފިލްމީ ދާއިރާ އަށް ނިކުންނަން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް އަންނަނީ ދެކެވެމުންނެވެ.

ޖާންވީ އާ ހިލާފަށް ހުޝީ ފިލްމީ ދާއިރާ އަށް ނިކުންނަށް ތައްޔާރުވަމުން އަންނަނީ ސްޓާ ޕްލަސްއިން ދައްކާ ކޮރިއޮގްރާފާ އަދި ޑައިރެކްޓަރު ރެމޯ ޑިސޫޒާ ފަނޑިޔާރުކަންކުރާ ޑާންސް ޝޯ "ޑާންސް ޕްލަސް" ގެ ތިން ވަނަ ސީޒަންގެ އޮޑިޝަންގައި ބައިވެރިވެފަ އެވެ.

ޑާންސް ޕްލަސްގެ ތިން ވަނަ ސީޒަނަށް އޮޑިޝަން ހުޝީ އޮޑިޝަން ހެދިއިރު ވެސް އެއްވެސް މީހަކަށް އޭނާ އަކީ ކާކުކަމެއް ނޭނގޭ ކަމަށް ނޫސްތަކުގައިވާއިރު، މިވާހަކަތައް މަންމަ ސްރީދޭވީ ވަނީ ދޮގުކޮށްފަ އެވެ.

ރެމޯގެ "ޑާންސް ޕްލަސް" ގައި ހުޝީ ބައިވެރިވެ އޮޑިޝަން ދީފައިވާ ކަމަށް ދެކެވެމުން އަންނަ ވާހަކަތައް ދޮގުކުރަމުން ސްރީދޭވީ ވަނީ ނޫސްތަކުން އެ ވާހަކަތައް ފެނުމުން އޭނާ އަށް ލިބުނީ ހައިރާންކަން ކަމަށް ބުނެފަ އެވެ.

"ހުޝީ އެއްވެސް ކަހަލަ ޑާންސް މުބާރާތެއްގައި ބައިވެރިއެއްނުވޭ. އެއީ މުޅިން ދޮގު ހަބަރު. އަހަރުމެން ވެސް މިތިބީ މި ހަބަރު ފެތުރުނު ގޮތް ނޭނގޭތީ ހައިރާންވެފަ" ސްރީދޭވީ ދެން އެންމެ އަވަހަށް ރިލީޒްވާ ފިލްމު "މޮމް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަދައްކަމުން ބުނެފައިވެ އެވެ.

ސްރީދޭވީ ވަނީ "ޑާންސް ޕްލަސް" ގައި ހުޝީ ބައިވެރިވި ކަމުގެ ވާހަކަތައް ދެކެވެން ފެށުމުން ހުޝީ ވެސް އޭނާ ކުރެން ވަނީ އެ އަޑުތައް އަރައިގެން އުޅެނީ ކިހިނެއްތޯ އަހާފައިވާ ކަމަށް ބުނެފަ އެވެ.

ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ބޮލީވުޑަށް ނިކުންނަނީ ޝާހިދު ކަޕޫރުގެ އެއްބަނޑު ކޮއްކޮ އިޝާން ކައްތަރާ އެކު، ކަރަން ޖޯހަރުގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި ދަރްމާ ޕްރޮޑަކްޝަންއިން އުފައްދާ ފިލްމަކުންނެވެ. ބުނެވޭ ގޮތުގައި އެ ފިލްމަކީ މަރާތީ ފިލްމު "ސައިރަތް" ގެ ރީމޭކް އެވެ. އަނެއް ބަޔަކު ވަނީ ޖާންވީ އާއި އިޝާންގެ ޑެބިއު ފިލްމަކީ ހޮލީވުޑް ފިލްމު "ދަ ފޯލްޓް އިން އަވާ ސްޓާސް" ގެ ރިމޭކް ކަމަށް ބުނެފަ އެވެ.

މި ފިލްމު ޑައިރެކްޓްކުރަނީ "ހަމްޓީ ޝަރްމާ ކީ ދުލްހަނިޔާ" ސިލްސިލާގެ ފިލްމުތައް ޑައިރެކްޓްކުރާ ޝަޝަންކް ޚައިތާން އެވެ.