ވިޔަފާރި

އެސްޓީއޯ އިން ޓެކްނޯ ބްރޭންޑް ތައާރަފްކޮށްފި

ސިންގަޕޫރުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ، "ޓެކްނޯ" ގެ ހޯމް އެޕްލައިންސް ސާމާނުތައް އެސްޓީއޯއިން ތައާރަފްކޮށްފި އެވެ.

އެސްޓީއޯއިން ބުނީ ޓެކްނޯ ބްރޭންޑުގެ ހޯމް އަދި އިންޑަސްޓްރިއަލް ބޭނުންތަކަށް ބޭނުން ކުރާ އުނދުނާއި، އަވަނާއި، ހުޑް އަދި ދޮންނަ މެޝިނާއި ޑިޝްވޮޝާ ފަދަ ސާމާނު އެސްޓީއޯ އިމްޕްރޫވްމަންޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި ބަދިގެއަށް ބޭނުންވާ ކޮލިޓީ ޕްރޮޑަކްޓުތައް ހެޔޮ އަގެއްގައި ލިބެން ހުންނާނެ ކަމަށެވެ.

ޓެކްނޯ ބްރޭންޑު އަލަށް ތައާރަފް ކުރުމާ ގުޅިގެން އެ ބްރޭންޑުގެ ސާމާނުތަކަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށާއި އެ ޕްރޮމޯޝަންގެ ތެރެއިން ޓެކްނޯގެ ހުރިހާ މުދަލަކުން 10 ޕަސަންޓާ ހަމަޔަށް ޑިސްކައުންޓު ލިބޭނެ ކަމަށެވެ. އަދި ފޭސްބުކް މެދުވެރިކޮށް ވެސް "ލައިކް އެންޑް ޝެއާ" ޕްރޮމޯޝަނެއް ވެސް ކުރިޔަށް ދާނެ ކަމަށާއި އެ އޮފާތައް ލިބޭނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާ ހަމަޔަށް ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން އިތުރަށް ބުނީ އަތޮޅުތަކު ތެރޭ ހިންގާ އެ ކުންފުނިން ފިހާރަތަކުން ވެސް ޓެކްނޯ ބްރޭންޑުގެ ސާމާނު ލިބެން ހުންނާނެ ކަމަށެވެ. އަދި އެ ބްރޭންޑުގެ ކޮންމެ މުދަލަކަށް ވެސް އެއް އަހަރުގެ ވޮރެންޓީއެއް ލިބޭނެ ކަމަށެވެ.

ޓެކްނޯގެ އިތުރުން އެސްޓީއޯއިން ހިޓާޗިއާ، ފިލިޕްސްއާ، މަކިޓާ އަދި ނިޕޯން ބްރޭންޑުގެ ސާމާނު ވިއްކަ އެވެ.