ކުޅިވަރު

ހާފް މެރަތޮންގެ ގައުމީ ރެކޯޑް މަރީ މުގުރާލައިފި

Jul 2, 2017

އޮސްޓްރޭލިއާގެ ކްއިންސް ލޭންޑްގައި ކުރިއަށް ދިޔަ 'ގޯލްޑް ކޯސްޓް އެއާޕޯޓް މެރަތޮން'ގެ ހާފް މެރަތޮންގައި ދުވެ، ގައުމީ ރެކޯޑް ޖިމް އިންސްޓްރަކްޓާ މަރްޔަމް އަބްދުލް ކަރީމް (މަރީ) މުގުރާލައިފި އެވެ.

މިއަދު ބޭއްވި ރޭހުގައި މަރީ41 ރޭސް ނިންމީ އެއް ގަޑި 34 މިނެޓް 40 އަށް ސިކުންތުން ނެވެ. އޭނާގެ ކުރިން، މި ރެކޯޑް އޮންނާނީ، އެއް ވަނަ އަންހެން ދުވުންތެރިޔާ ޝަމްހާ އަހްމަދު އަތުގަ އެވެ.

ޝަމްހާ މި ރެކޯޑް ހެދީ 30 މާޗިޗް 2014 ގައި ބައިނަލްއަގްވާމީ އެތުލެޓިކްސް ފެޑްރޭޝަންގެ ހާފް މެރަތޮންގައި ދުވެ، އެއް ގަޑި 42 މިނެޓުން ރޭސް ނިންމައިގެން ނެވެ.

މަރީ ވަނީ މިދިޔަ އަހަރު ބޭއްވި ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އަންހެން އެތުލީޓްގެ މަގާމު ހޯދާފަ އެވެ. މީގެ ދެ މަހެއް ހާ ދުވަސް ކުރިން މަރީ ވަނީ ކުޑަ ހުސައިން އެކެޑަމީގައި މަސައްކަތް ކުރަން ފަށާފަ އެވެ. އެ އެކެޑެމީން ބުނީ، ކޮޗެއްގެ ގޮތުގައި ކުޑަ ހުސެންއާ އެކު މަރީ މަސަކަތް ކުރަން ފެށުމުން ގިނަ ކުރިއެރުންތަކެއް އޭނާ އައިސްފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.

ކުޑަ ހުސައިން އެކޑެމީން ތަމްރީން ހަދަމުން އަންނަ އެހެން ދުވުންތެރިޔެއް ކަަމަށްވާ، އިބްރާހިމް ނައީމް (އިބާން) ވަނީ، 'ގޯލްޑް ކޯސްޓް އެއާޕޯޓް މެރަތޮން' ގައި، 45 އަހާރާއި 50 އަހަރާ ދެމެދު ކެޓަގަރީގައި ދުވެ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ. އިބާން48 ހާފް މެރޮތަން ރޭސް ނިންމީ، އެއް ގަޑި 34 މިނެޓް 51 ސިކުންތުން ނެވެ.

މަރީ އާްއި އިބާން ހޯދި ކާމިޔާބާ ބެހޭގޮތުން، ކުޑަ ހުސައިން އެކެޑެމިގެ ފައުންޑާ އަދި ކުރީގެ އެއް ވަނަ ދުވުންތެރިޔާ ޑރ. ހުސައިން ހަލީމް (ކުޑަ ހުސައިން) ބުނީ ކޭއެޗް އެކެޑެމީގެ ދުވުންތެރިން ރާއްޖޭގައި ތަމްރީން ހަދައިގެން ބޭރުގެ މުބާރާތްތަކުގައި ވާދަ ކޮށް ކާމިޔާބު ހޯދުމަކީ ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"ކޭއެޗް އެކަޑަމީން މި އުފައްދަނީ ބޭރުގެ މުބާރާތްކުގައި ގައުމީ ފެންވަރުގެ އެތުލީޓުން މިއީ ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަ ވަރަށް ބޮޑު އުފުލެއް،" ކުޑަ ހުސައިން ބުންޏެވެ.

ކޭއެޗް އެކަޑަމީން އިބާން ޓްރެއިނިން ފެށި ސުމަކުން ކަން ހުސައިން ފާހަގަ ކުރިއެވެ. އޭރު 5000 މީޓަރުގެ ރޭހެއް އޭނާ އަށް ނިންމެނީ 38 މިނެޓުން ކަމަށާއި ނަމަވެސް މިހާރު 19 މިނެޓުން އޭނާ ރޭސް ނިންމާ ކަމަށެވެ. މިއީ ރާއްޖޭގެ ގައުމީ ފެންވަރުގެ ނިސްބަތުން ބޮޑު ކުރިއެރުމެއް ކަމަށް ހުސައިން ބުންޏެވެ.

"މަރީ، އެކެޑެމީއާ ގުޅުނީ ދެ މަސް ކުރިން އޭރު އެހެން އެކެޑެމީއެއްގެ އިންސްޓްރަކްޓަރަކަށް އުޅެމުން އަމިއްލަ ޓްރެއިންތައް ކުރިއަށް ގެންދާކަށް ވަގުތެއް ނުލިބޭ ނަމަވެސް ކޭއެޗް އެކަޑާމީގައި މަސައްކަތް ކުރަނީ އިންސްޓަރަކްޓަރެއްގެ އިތުރުން އެކަޑަމީގައި ތަމްރިންތައް ހަދަމުން، ކުރިއަށް އޮތް ދެ އަހަރު ތެރޭ މަރީ އަށް ގިނަ ގައުމީ ރެކޯޑްތަކެއް ހާސިލު ކުރުމަށް މިދަނީ މަސައްކަތް ކުރަމުން، އެގޮތުން 5000 މީޓަރުން ފެށިގެން ހާފް މެރަތޮންއާ ހަމަޔަށް އަންހެނުންގެ ހުރީހާ ގައުމީ ރެކޯޑެއް މަރީ އަށް ހާސިލު ކޮށް ދިނުމަކީ އަމާޒެއް،" ކުޑަ ހުސައިން ބުންޏެވެ.

އޭނާ ބުނީ މަރި އެ ހުރިހާ ގައުމީ ރެކޯޑެއް ހާސިލު ކުރާނީ ރައްޖޭގައި ޓްރެއިންތައް ހަދައިގެން ކަމަށާއި ރާއްޖޭގައި ވެސް ރަނގަޅު ޓްރެއިނިންތަކެއް ހަދައިގެން ބައިނަލްއަގްވާމީ ރޭސްތަކުގައި ގައުމީ ފެންވަރުގެ ރެކޯޑް ހޯދޭނެ ކަން ސާބިތު ކޮށްދޭން ބޭނުންވާ ކަމަށެވެ.

"މިހާރު ގިނަ ގައުމީ ރެކޯޑްތަކެއް ހަދަނީ ރާއްޖެއިން ބޭރުގައި ތަމްރީން ހަދައިގެން އަންނަ ކުދިން، އެކަމަކު ކޭއެޗް އެކެޑެމީން ސާބިތުކޮށް ދޭން ބޭނުންވަނީ ރާއްޖޭގައި ޓްރެއިނިން ހަދައިގެންވެސް ގައުމީ ފެންވަރުގެ އެތުލީޓުން އުފެއްދިދާނެކަން." ކުޑަ ހުސައިން ބުންޏެވެ.