ބޮލީވުޑް

އަނުޝްކާ އާއި ވަރުން ފުރަތަމަ ފަހަރަށް ފިލްމެއް ކުޅެނީ

Jul 5, 2017

ބަތަލާ އަނުޝްކާ ޝަރްމާ އާއި ވަރުން ދަވަން މިހާރު ވަރަށް ބިޒީ އެވެ. މިދެތަރިން އަތުގައި ކުރިއަށް ކުޅެން ގިނަ ފިލްމުތަކެއް ހުރިއިރު ފުރަތަމަ ފަހަރަށް އެކުގައި ފިލްމެއް ކުޅުމުގެ ފުުރުސަތު ވެސް ވަނީ ލިބިފަ އެވެ.

ޔާޝް ރާޖް ފިލްމްސްއިން އުފައްދާ "ސުއި ދާގާ" ނަމަކަށް ކިޔާ މި ފިލްމަކީ ކާމިޔާބު ފިލްމު "ދަމްލަގާކޭ ހައިޝާ" ގެ ޑައިރެކްޓަރު ޝަރަތް ކަތާރިޔާ ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނާ އާއި ޔާޝް ރާޖް ފިލްމްސްްގެ ނަމުގައި މަނީޝް ޝަރްމާ ޕްރޮޑިއުސްކުރާ މި ފިލްމަކީ ޒުވާން މި ދެތަރިން އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.

އަނުޝްކާ އާއެކު ކުޅޭ ފުރަތަމަ ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ވަރުން ވަނީ މި ފިލްމުން މޭޑް އިން އިންޑިއާގެ މެސެޖު ވަރަށް ފުރިހަމަ އަށް އޯޑިއަންސަށް ގެންދެވޭނެ ކަމަށާއި ޝަރަތް ފިލްމުގެ ވާހަކަ ލިޔެފައިވާ ގޮތާ މެދު އޭަނާ ވަރަށް ހިތްހަމަޖެހޭ ކަމަށެެވެ. އަދި އަނުޝްކާ އާއެކު މިއީ ކުޅެވޭ ފުރަަތަަމަަ ފިލްމަށް ވިޔަސް އެ ދެތަރިންގެ ކެމިސްޓްރީ ވަރަށް ފުރިހަމަވާނެ ކަމުގެ ޔަގީންކަން ވަރުން ވަނީ އޭނާގެ ފޭނުންނަށް ދީފަ އެވެ.

"ސުއި ދާގް" އާ ގުޅޭގޮތުން ވާހަކަދައްކަމުން އަނުޝްކާ ވަނީ އަބަދުވެސް ތަފާތު ހިޔާލުތަކުގެ މައްޗަށް އުފައްދާ ފިލްމުތައް ކުޅެން ޝައުގުވެރިވާ ކަމަށާއި މި ފިލްމަކީ ކޮންމެ އިންޑިއާ ރައްޔިތެއްގެ ހިތާ ކުޅެލާނެ ފިލްމެއް ކަމަށް ބުނެފަ އެވެ.

ޝަރަތް އާއި މަނީޝް ގުޅިގެން އުފެއްދި "ދަމްލަގާކޭ ހައިޝާ" އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބުމުގެ އިތުރުން މި ފިލްމަށް ވަނީ އެންމެ މޮޅު ފީޗާ ފިލްމުގެ ނެޝަނަލް އެވޯޑު ވެސް ލިބިފަ އެވެ. އަނެއްކާ ވެސް މިދެމީހުން އެކުގައި އުފައްދަން ތައްޔާރުވަމުން އަންނަ "ސުއި ދާގާ" އަކީ ތަފާތު މޮޅު ފިލްމަކަށް ވާނެ ކަމަށް އަންނަނީ ބުނަމުންނެވެ.

"ސުއި ދާގް: މޭޑް އިން އިންޑިއާ" ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އަދި މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު އެވެ.

އަނުޝްކާ އަކީ ޔާޝް ރާޖްގެ ކުޑައިގެ ދަށުން ބޮލީވުޑަށް ތައާރަފުވެފައިވާ ތަރިއެކެވެ. އަދި މި ފިލްްމަކީ ވަރުން ޔާޝް ރާޖްގެ ފިލްމަކަށް ކުޅޭ ފުރަތަމަ ފިލްމެވެ.

ވަރުން މިހާރު "ޖުޅްވާ 2" ގެ މަންޒަރުތައް ނަގަމުން އަންނައިރު، އަނުޝްކާ އަންނަނީ އޮގަސްޓް މަހު ރިލީޒްކުރާ އޭނާ އާއި ޝާހްރުކްގެ ފިލްމު "ޖަބް ހެރީ މެޓް ސޭޖަލް" ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަނުޝްކާ ވަރަށް އަވަހަށް ޝާހްރުކް އާއެކު ކުޅޭ ޑްވާފް ފިލްމުގެ ޝޫޓިން ފަށާނެ އެވެ.