ހަބަރު

ހިޓާޗީން ހަދިޔާުކުރި އެއްމިލިއަން ރުފިޔާ އެކު ފެން ފަންޑަށް 58 މިލިއަން ރުފިޔާ

ގައުމީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގައި ސަރުކާރާ އެކު ހިއްސާވާ، ޖަޕާންގެ ހިޓާޗީ ކުންފުނިން ފެން ފަންޑަށް މިއަދު ދިން އެއް މިލިއަން ރުފިޔާ އެކު އެ ފަންޑަށް މިހާތަނަށް ލިބުނު ފައިސާގެ އަދަދު 85 މިލިއަން ރުފިޔާއަށް އަރައިފި އެވެ.

އެމްޑަބްލިއުއެސްސީގައި ހިޓާޗީގެ 20 ޕަސެންޓް ހިއްސާ އޮވެ އެވެ. އެ ކުންފުންޏަށް އެ ހިއްސާތައް ވިއްކާލީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 16.3 މިލިއަން ޑޮލަރަށެވެ.

ހިޓާޗީ ކުންފުނިން އެ ފަންޑަށް ފައިސާ ހަދިޔާ ކުރާނެކަން އިއުލާން ކޮށްދެއްވީ، އެކުންފުނީގެ އެގްޒެކެޓިވް ‏‏ވައިސް ޕްރެޒިޑެންޓް އެންޑް އެގްޒެކެޓިވް އޮފިސާ ޖުންޒޯ ނަކަޗީމާ މިއަދު ރައީސް އަބްދުﷲ ޔާމީނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ. އެ ބައްދަލު ކުރެއްވުމުގައި ފެން ކެޑުމުގެ މައްސަލައެއް ދިމާނުވެ ހައްލު ކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ފެންފަންޑަށް މިހާތަނަށް ފައިސާ ހަދިޔާ ކުރެއްވި ފަރާތްތަކަކީ:

ސަރުކާރުން ބުނެފައި ވަނީ ފެނުގެ މައްސަލަ ހައްލު ކުރުމަށް 20 މިލިއަން ޑޮލަރު (308.4 މިލިއަން ރުފިޔާ)ގެ ފަންޑެއް ސަރުކާރުން ބޭނުންވާ ކަމަށެވެ. އަދި އެ ފަންޑުން ހަރަދު ކުރާނީ މާލޭގައި ފެނުގެ ރިޒާވެއް ގާއިމް ކުރުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލު ކުރުމަށް ކަމަށެވެ.