ހަބަރު

އެމްއޭސީއެލް އިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި

Jul 7, 2017
3

ތެލުގެ ޑިއުޓީ ކުޑަކޮށްފައިވާތީ އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން ވިއްކާ ޖެޓް ފިއުލްގެ އަގު އެ ކުންފުނިން ހެޔޮކޮށްފި އެވެ.

އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ، ބޭރުގެ އެއާލައިންތަކަށާއި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވާ އެއާލައިންތަކަށް ވެސް ތެޔޮ ވިއްކާ އަގު ހެޔޮކޮށްފައިވާ ކަމަށެވެ. އެގޮތުން ބޭރުގެ ދަތުރުތަކަށް ޖެޓް ފިއުލް ލިޓަރެއް ދެން ވިއްކަނީ 0.69 ސެންޓް (10.68ރ) އަށެވެ. އެއީ ލީޓަރަކުން 36 ލާރީގެ ހެޔޮވުމެކެވެ. އަދި އެތެރޭގެ އުދުހުންތަކަށް ވިއްކާ ތެލުން ލީޓަރަކުން 74 ލާރި ވަނީ ހެޔޮކޮށްފަ އެވެ. މިހާރު ތެޔޮ ލީޓަރެއް ޖެހޭނީ، 74 ލާރިއަށެވެ.

ޖެޓްފިއުލްގެ އަގު ހެޔޮކުރި ނަމަވެސް ޓިިކެޓް އަގުގައި ހިމެނޭ ފިއުލްސާޗާޖަށް އަދި އެއްވެސް އެއާލައިނަކުން ބަދަލެއް ނުގެނެ އެވެ.