ހަބަރު

ފަހުނޭވާޔަށް ދަންދެން ވެސް ހުންނާނީ ރައީސް ޔާމީނާ އެކު: އަބްދުއްރަހީމް

Jul 7, 2017
9

އެންމެ ފަހު ނޭވާޔަށް ދަންދެން ވެސް ހުންނާނީ ރައީސް ޔާމީންއާ އެކުގައި ކަމަށާއި ކޮޅު ބަދަލު ނުކުރާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ މައިދާނަށް ނިކުތީ ވެސް ރައީސް ޔާމީން އާ އެކުގައި ކަމަށާއި ސިޔާސީ މައިދާނުން ދުރަށް ދާނީ ވެސް އެމަނިކުފާނާ އެކުގައި ކަމަަށެވެ. އޭނާ ވިދާޅުވީ ގާސިމް އިބްރާހިމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މައުމޫން އަބްދުއްލައްޔޫމްގެ ކޮޅަށް ދުވަހަކު ވެސް ނާރާނެ ކަމަށެވެ. އޭނާ އެހެން ވިދާޅުވި އިރު އަބްދުއްރަހީމް އަކީ މީގެ ކުރިން ރައީސް މައުމޫންގެ ވަރަށް އަރިސް ބޭފުޅެކެވެ.

އެހެން ނަމަވެސް ޕީޕީއެމްގެ ތެރޭގައި ހިޔާލު ތަފާތުވެ، ޕާޓީ ދެފަޅިއަށް ބައިވިއިރު އަބްދުއްރަހީމް ވަނީ ރައީސް ޔާމީންގެ ކޮޅު ނަންގަވައިފަ އެވެ. ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެންބަރުންގެ ސޮޔާ އެކު ވެއްދުމާ އެކު ސިޔާސީ މައިދާން އަނެއްކާ ވެސް ވަނީ ހަލަބޮލިވެފަ އެވެ.