ކުޅިވަރު

ސްޕެއިންގެ ޓީމު ބަލިކޮށް ޓީނޭޖް އަނެއް ބުރަށް

Jul 8, 2017
1

ބްރޒިލްގައި މިހާރު ކުރިއަށްދާ، ރެޑްބުލް ނޭމާ ޖޭއާރް ފައިވް ސައިޑް ފުޓްސަލް މުބާރާތުގައި، ދުނިޔޭގެ ފުޓްބޯޅައިގައި ވަރުގަދަ ސްޕެއިން ބަލިކޮށް، ރާއްޖެ ތަމްސީލު ކުރާ ޓީނޭޖް 32 ޓީމުގެ ބުރަށް ދަތުރު ކޮށްފި އެވެ. ގުރޫޕް ސްޓޭޖުގައި ރާއްޖެ ވަނީ އަވަށްޓެރި އިންޑިއާގެ ޓީމު ވެސް ބަލި ކޮށްފަ އެވެ.

ސްޕެއިން ތަމްސީލް ކުރާ "ކަރޯސް" ގެ މައްޗަށް ޓީނޭޖުން ކުރި ހޯދީ، 5-2 ން ނެވެ. އިންޑިއާއިން ތަމްސީލު ކުރާ "ހައިދަރުއާބާދު ސްޕޯޓިން އެފްސީ" ގެ މައްޗަށް، ޓީނޭއެޖް ކުރި ހޯދީ 5-1 ނަތީޖާއިން ނެވެ. ޓީނޭޖް ތިން ވަނައިގައި އޮތީ އެ ދެމެޗު ކާމިޔާބު ކޮށް ހަ ޕޮއިންޓް ހޯދައިގެން ނެވެ.

ޓީނޭޖް ހިމެނޭ ގުރޫޕް އައި އިން 32 ޓީމުގެ ބުރަށް ދިޔައީ އެއް ވަނަ މެލޭޝިއާ އާއި ސްވިޑެން އެވެ. އަދި ތިން ވަނައިގައި ރާއްޖޭގެ ޓީމުވެސް 32 ޓީމުގެ ބުރުން ޖާގަ ލިބުނެވެ. އެއް ވަނައިގައި ދިޔަ މެލޭޝިއާގެ ޓީމާއި ސްވިޑންގެ ޓީމަށް ލިބިފައި ވަނީ 10 ޕޮއިންޓެވެ. އެ ބުރުގައި ރާއްޖެއިން ނިކުންނާނީ ޖަޕާނުގެ "ކިންގް ގިއާ އެފްސީ" އާ ދެކޮޅާށެވެ.

ޓީނޭޖް ކުޅުނު ފުރަތަމަ މެޗުގައި މެލޭޝިއާގެ "ޓޮޓް ޔުނައިޓަޑުން" ވަނީ ޓީނޭޖް 5-0 ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި ސްވިޑެންގެ "އެފްސީ ޝޯ" އަތުން ޓީނޭޖް ބަލިވީ، 3-2 ން ނެވެ.