ހަބަރު

ވޯލްޑް ޓްރެވަލް އެވޯޑަށް ދިރާގުގެ ނަން!

ވިލުރީފު ރިސޯޓުގައި މިރޭ ބާއްވާ "ވޯލްޑް ޓްރެވަލް އެވޯޑުގެ އިންޑިޔަން އޯޝަން" ބައިގެ، ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ވޯލްޑް ޓްރެވަލް އެވޯޑް (ޑަބްލިއުޓީއޭ) ގެ ވެބްސައިޓުގައިވާ ގޮތުން، ދިރާގު މިރޭ ބާއްވާ އިންޑިއަން އޯޝަން ގާލާ ނައިޓުގެ ސްޕޮންސަރެއްގެ ގޮތުގައި ދިރާގު ހަމަޖެހިގެން ދިއުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"ރާއްޖޭގެ އެއްވަނަ ޓްލެކޮމް ކުންފުނީގެ ގޮތުގައި ދިރާގުން ދަނީ މޮބައިލް އިންޓަނެޓާއި ޑޭޓާ އަދި ފިކްސްޑް ލައިން އިންޓަނެޓުގެ ހިދުމަތް ފުޅާކޮށް ދެމުން،" ޑަބްލިއުޓީއޭ އިން ބުނެފައިވެ އެވެ.

ދިރާގުގެ މާކެޓިން އެންޑް ކޮމިއުނިކޭޝަން އެންޑް ޕަބްލިކު ރިލޭޝަން މެނޭޖަރު މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ވޯލްޑް ޓްރެވަލް އެވޯޑުގެ އިންޑިއަން އޯޝަން ގާލާގެ ސްޕޮންސަރެއްގެ ގޮތުގައި ހަމަޖެހުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި ދިރާގުން ޓޫރިޒަމް ދާއިރާއަށް ޓެލެކޮމް ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ދެމުންގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރާގުން ވޯލްޑް ޓްރެވަލް އެވޯޑް ސްޕޮންސާ ކުރިއިރު އެ ކުންފުނިން ދަނީ ރާއްޖޭގައި ބާއްވާ ބޭރުގެ ބޮޑެތި އިވެންޓުތައް ސްޕޮންސާ ކުރަމުންނެވެ. މިގޮތުން މިދިޔަ އަހަރާއި މި އަހަރު ބޭއްވި އިންޓަނޭޝަނަލް ފްރެންޗައިޒް "މޯލްޑިވިއަން އައިޑޮލް" ސްޕޮންސާ ކުރީ ވެސް ދިރާގުންނެވެ.