ކުޅިވަރު

ގްރީން އަލުން ތިން ވަނަ އަށް

Jul 9, 2017

ޔުނައިޓަޑް ވިކްޓަރީގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ތާވަލުގެ ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓް އަލުން ތިން ވަނަ އަށް ޖެހިލައިފި އެވެ.

މިދިޔަ ހަފުތާއި އީގަލްސް ވެލެންސިއާ އަތުން މޮޅުވުމުން، އީގަލްސް އަށް ތިން ވަނަ ލިބުނެވެ. އަދި ވިކްޓަރީއާ ދެކޮޅަށް، ގްރީން ކުޅުނު މެޗުގެ ފަހު ވަގުތު، ގްރީން ބަލި ވުމުން، ތާވަލުގެ ތިން ވަނަ އަށް އެރުމުގެ ފުރުސަތު އެ ޓީމަށް ގެއްލުނެވެ.

ޔުނައިޓަޑް ވިކްޓަރީ އަތުން މޮޅުވެ. ގްރީން ތިން ވަނަ އަށް އެރުނު ނަމަވެސް، ޓީސީ އާއި އީގަލްސް ބައްދަލު ކުރާ މެޗުން، އީގަލްސް މޮޅުވެއްޖެނަމަ، އަލުން އީގަލްސް ތިން ވަނަ ލިބޭނެ އެވެ. ޓީސީ މެޗު އެއްވަރު ކޮށްލެވުނަސް، އީގަލްސް އަށް ތިން ވަނަ ލިބޭނެ އެވެ. ގްރީން މިވަގުތު ތިން ވަނައިގައި އޮތީ 21 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އީގަލްސް އޮތީ، އެއް ޕޮއިންޓް މަދުން ނެވެ.

މި ރޭ ގެ މެޗުގައި، ޔޫވީގެ ފުރަތަމަ ދެ ލަނޑު ކާމިޔާބު ކުރީ ތަޖުރިބާކާރު ފޯވަޑް އަހްމަދު ރަޝީދު (އަންމަޑޭ) އެވެ. ފުރަތަމަ ލަނޑު އަންމަޑޭ ކާމިޔާބު ކުރީ، 30 ވަނަ މިނެޓް ގައެވެ.

ގްރީންގެ އަނެއް ދެ ލަނޑު ފެނިގެން ގޮސްފައި ވަނީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ލަނޑު އަންމަޑޭ ކާމިޔާބު ކުރީ، 76 ވަނަ މިނެޓްގަ އެވެ. ތިން ވަނަ ލަނޑަކީ މެޗުގެ އެންމެ ފަހު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން، ގްރީންގެ ސޮބެލް އިލިއާ ކާމިޔާބު ކުރި ލަނޑެކެވެ.