ހަބަރު

އދ. ގެ މަންދޫބު ކަމާއި ދެ ގައުމެއްގެ ސަފީރަށް ފަތްކޮޅު އަރުވައިފި

އދ. އަށް ރާއްޖެ ފަރާތުން ކަނޑައަޅުއްވާ ދާއިމީ މަންދޫބު ކަމާއި އެމެރިކާ އަދި ކެނެޑާއަށް ކަނޑައަޅާ ސަފީރު ކަމަށް އަލީ ނަސީރު މުހައްމަދު އައްޔަން ކުރައްވާ ފަތްކޮޅު އަރުވައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން، ނަސީރަށް އެ ދެ މަގާމްގެ ފަތްކޮޅު އެރުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ.

މިއަދު އެ މަގާމްތަކަށް އަލީ ނަސީރު އައްޔަން ކުރެއްވި އިރު އޭނާއަށް މަޖިލީހުން ރުހުން ދީފައި ވަނީ މިދިޔަ އަހަރުގެ ޖޫން 28 ގަ އެވެ. އަލީ ނަސީރު މީގެ ކުރިން ހުންނެވީ މިނިސްޓްރީގެ ފޮރިން ސެކެޓްރީއެއްގެ މަގާމުގަ އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.