ކުޅިވަރު

ޔުވެންޓަސްއަށް އާސެނަލްގެ ކީޕަރު ގެންދަނީ

Jul 10, 2017

ޔުވެންޓަސްގެ ގޯލްކީޕަރަކަށް، އާސެނަލްގެ ވޮއިޖެކް ޝްޓޭންސްނޭ ގެންދަން، ޔުވެންޓަސްއިން މަސައްކަތް ފަށައިފި އެވެ. ލޯން އެއްބަސް ވުމެއްގެ ދަށުން ޝްޓޭންސްނޭ މިދިޔަ ސީޒަންގައި ކުޅެފައި ވަނީ އިޓަލީގެ ރޯމާއަށެވެ.

ޝްޓޭންސްނޭ ގެންދަން، ޔުވެންޓަސްއިން މަސައްކަތް ކުރަނީ، ޔުވެންޓަސްގެ އެއް ވަނަ ކީޕަރު، އަދި އިޓަލީ އާއި ޔުވެންޓަސްގެވެސް ކެޕްޓަން، ޖިއާންލުއީޖީ ބުފޯން ރިޓަޔާ ކުރަންވާއިރަށް، ބުފޯންގެ ރިޕްލޭސްމަންޓަށެވެ. ބުފޯން ނިންމާފައި ވަނީ އަންނަ އަހަރު، ބާއްވާ ވޯލްޑްކަޕްގެ ފަހު ރިޓާޔާ ކުރުމަށެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ، ޔުވެންޓަސް އަށް ބަދަލު ވުމަށް ޕޮލެންޑްގެ ގައުމީ ޓީމުގެ ކީޕަރުކަން ކުރަމުން އަންނަ ޝްޓޭންސްނޭ ވަނީ އެއްބަސް ވެފައިވާ ކަމަށެވެ. ނަމަވެސް، އާސެނަލްއާ އެކު ޝްޓޭންސްނޭ ގެ އެއްބަސްވުން އަންނަ އަހަރާ ހަމަޔަށް އެބަޮތެވެ.

ޔުވެންޓަސް އާއި އާސެނެލްއާ ދެކެވުމުންދާ ވާހަކަތަކަށް ބަލާއިރު، ކުރިއަށް ހަފުތާ ތެރޭގައި ޔުވެންޓަސްގެ އެއްބަސްވުމުގެ ސޮއި ކުރުމާ ހަމަޔަށް ދެވޭނެ ކަމަށް ފުޓްބޯލް އިޓަލީއާއިން ބުނެ އެވެ. ކުރިއަށް އޮތް ސީޒަނަށް ޕްރީ ސީޒަން ޓްއާ ފަށަފައިވާ އާސެނަލްގެ ސްކޮޑުންވެސް ޝްޓޭންސްނޭ ވަނީ ވަކި ވެފަ އެވެ.