ހަބަރު

ރައީސް ޔާމީން އިމްޕީޗްކުރުން ނޫން ގޮތެއް ނެތް: ނަޝީދު

ރައީސުލްޖުމްހޫރިއްުޔާ އަބްދުﷲ ޔާމީން ވެރިކަމުން ދުރު ކުރަން އިމްޕީޗް ކުރުމުގެ މައްސަލަ ހުށަހެޅުން ނޫން އެހެން ގޮތެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ލަންކާގައި ހުންނަވައިގެން ކުރީގެ ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޖުޑިޝަރީއާ މެދު ރައީސް ޔާމީން އަޅުއްވަނީ ވަރަށް ގޯސް ފިޔަވަޅުތަކެއް ކަމަށާއި އޭގެ ސަބަބުން އެ މަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކި ކުރުމުގެ މައްސަލަ ހުށަހެޅުން ނޫން އެހެން ގޮތެއް ނެތް ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވި އިރު މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސް ޔާމީން ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމުން އަލީ ހަމީދު ވަކިކޮށް ފަނޑިޔާރު އަލީ ހަމީދު އެ މަގާމަށް އައްޔަން ކުރައްވާފަ އެވެ.