ހަބަރު

ޕީޕީއެމްގެ މެންބަރުން ޕާޓީއިން ވަކިކޮށްދޭން ދެކޮޅު ހަދަނީ

Jul 12, 2017
6

ވެރިކަން ކުރާ ޕީޕީއެމްއިން ވަކިވުމަށް އެދުނު 10 މެންބަރުން ވެސް އެ ޕާޓީ އިން ވަކިކޮށް ދިނުމާ ޕާޓީ އިން ދެކޮޅު ހަދައިފި އެވެ. މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޕީޕީއެމްގެ 10 މެންބަރަކު ސޮއި ކުރެއްވި އެވެ.

އެ މެންބަރުން ޕާޓީ އިން ވަކިވުމަށް ސިޓީ ފޮނުވާފައިވާތީ އެކަމާާ ގުޅޭ ގޮތުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލް ވިދާޅުވީ އެ މެންބަރުން ޕާޓީ އިން ވަކި ކުރެވޭނީ އެ މެންބަރުންނާ މެދު ސުލޫކީ ކޮމިޓީ އިން ބަލަމުން އަންނަ މައްސަލަތައް ނިމުމުން ކަމަށެވެ.

ޕީޕީއެމުން ވަކިކޮށް ދިނުމަށް އެދި އެ ޕާޓީ އަށް ސިޓީ ފޮނުވި މެމްބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި މަހިބަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގް އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް އެވެ.

މެންބަރުން ޕާޓީ އިން ވަކިކޮށްދޭން ޕީޕީއެމް އިން ދެކޮޅު ހަދަމުން އަންނަ އިރު ޕާޓީ ބަދަލު ކުރާ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅަން ސަރުކާރުގެ ފަރާތުން މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.