ބޭރު ކުޅިވަރު

ޑެނީ އަލްވޭސް ޕީއެސްޖީ އަށް ސޮއިކޮށްފި

Jul 13, 2017

ތަޖުރިބާކާރު ފުލް ބެކް ޑެނީ އަލްވޭސް ފްރާންސްގެ ޕީއެސްޖީ އަށް ސޮއިކޮށްފި އެވެ.

ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އަލްވޭސް ޕީއެސްޖީ އަށް ބަދަލުވީ މެންޗެސްޓާ ސިޓީން ވެސް އޭނާ ގެންދަން ބޭނުންވެފައި ވަނިކޮށެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި އަލްވޭސް އަށް ދެ އަހަރު ދުވަހުގެ ކޮންޓުރެކްޓެއް ދޭން ސިޓީން ވެސް ބޭނުންވި އެވެ. އެކަމަކު އަލްވޭސް އަށް ސިޓީން ހުށަހެޅީ ކުޑަ މުސާރައެކެވެ. ޕީއެސްޖީން އަލްވޭސް އަށް ހަފުތާއަކު 230،000 ޕައުންޑްގެ މުސާރައެއް ދެ އެެވެ.

ބާސެލޯނާގައި ގިނަ އަހަރުތަކެއް ހޭދަ ކުރުމަށް ފަހު، އަލްވޭސް ،34، އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވީ މިދިޔަ އަހަރެވެ. އެކަމަކު އެންމެ ސީޒަނަކަށް ފަހު، ޔުވެންޓަސް އިން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.

އަލްވޭސް ގެންދަން ކުރި މަސައްކަތް ނާކާމިޔާބުވުމުން، ސިޓީން މިހާރު ސަމާލުަކަން ދެނީ ޓޮޓެންހަމްގެ ކައިލް ވޯކާއަށެވެ.

މިދިޔަ ސީޒަނަށް ފަހު ސިޓީން ޕަބްލޯ ޒަބަލެޓާ އާއި ބަކާރީ ސަންޔާ ދޫކޮށްލުމުން، އެ ޓީމަށް ވަނީ ރައިޓް ބެކަކަށް ބޭނުންވެފަ އެވެ.