ލަ ލީގާ

އަމިއްލަ ދަނޑުގައި ވެލެންސިއާ އަތުން ރެއާލް ބަލިވެއްޖެ

ރެއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން
0%
0%
0%

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރި މެޗުން ވެލެންސިއާ 2-1 ގެ ނަތީޖާއަކުން މޮޅުވެއްޖެ އެވެ.

މި ބައްޔާއެކު ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ އާއި ރެއާލް މެޑްރިޑާ ދެމެދުގެ ޕޮއިންޓުގެ ފަރަގު 4 ޕޮއިންޓަށް ވަނީ އިތުރުވެފަ އެވެ.

މިހާތަނަށް ރެއާލް މެޑްރިޑް ވަނީ 30 މެޗުން 63 ޕޮއިންޓް ހޯދާފަ އެވެ. އަދި ލީގުގެ ތާވަލުގައި އެ ޓީމު މިވަގުތު އޮތީ ދެވަނައިގައެވެ. ޓޭބަލްގެ 15 ވަނައިގައި އޮތް ވެލެންސިއާއަށް 34 ޕޮއިންޓް ލިބިފައިވެ އެވެ.

މެޗުގެ ކުޅުން ފެށިގެން 15 ވަނަ މިނެޓުގައި ވެލެންސިއާ އިން ލަނޑެއް ޖެހި އެވެ. އެ ލަނޑު ޖެހީ މުކްތާރު ޑިއަހާބީ އެވެ. މި ގޯލާ އެކު ރެއާލް މެޑްރިޑްގެ ފަރާތުން ގިނަ ހަމަލާތަކެއް ރާވައި ވެލެންސިއާގެ ގޯލަށް ނުރައްކާ ކުރި އެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ޕެނަލްޓީ އޭރިއާގައި ކިލިއަން އެމްބާޕޭއަށް ފައުލްކުރުމާ ގުޅިގެން ރެއާލް މެޑްރިޑަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ވިނިޝިއަސް ޖޫނިއަ ޖެހި ޕެނަލްޓީ ވެލެންސިއާގެ ގޯލްކީޕަރު ޖިއޮޖީ މަމަރްދާޝްވިލި ހުއްޓުވި އެވެ. މިއީ މި ސީޒަންގައި ވިނިޝިއަސްގެ އަތުން ނާކާމިޔާބުވި ދެވަނަ ޕެނަލްޓީ އެވެ. މި ސީޒަންގައި މިހާތަނަށް ރެއާލް މެޑްރިޑަށް ލިބުނު 16 ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ފަސް ޕެނަލްޓީ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސްވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ދިން ޕާހެއްގައި ވިނިޝިއަސް ޖޫނިއަ ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ސެންޓިއާގޯ ބަރްނަބިއު ސްޓޭޑިއަމްގައި 75,000 އަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ފަސް މިނެޓުގެ ފަހު ސިކުންތުތަކުގައި ވެލެންސިއާގެ ހޫގޯ ޑޫރޯ ލަނޑެއް ޖަހައި އެޓީމު މޮޅުކޮށްދިނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910